logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސްްގެ ދިއްދޫ ދަތުރަށް ހުރަސް ނޭޅުމަށް އެމްޑީޕީއަށް އަންގައިފި

ރަނާ އަޙްމަދު ފަޔާޒް
26 ޖެނުއަރީ 2025 - 13:44
ރައީސްްގެ ދިއްދޫ ދަތުރަށް ހުރަސް ނޭޅުމަށް އެމްޑީޕީއަށް އަންގައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ހަފުތާގައި ހއ. ދިއްދޫއަށް ކުރަން ނިންމަވާފައިވާ ދަތުރަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުކުރަން ދިއްދޫ ކައުންސިލުން އެމްޑީޕީއަށް އަންގައިފިއެވެ.

އިއްޔެ ދިއްދޫ ކައުންސިލުން އެމްޑީޕީގެ އެ ދާއިރާގެ ރައީސް، އަބްދުﷲ ވަހީދުއަށް ފޮނުވި ސިޓީއެއްގައި ބުނީ ދިއްދޫ ރައްޔިތުންނާ ރައީސް ބައްދަލު ކުރެއްވުމަށް ބާއްވާ ޖަލްސާއަށް ދަތިވާ ގޮތަށް ލައުޑް ސްޕީކަރު ކަހަލަ ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެނޫންވެސް އެއްވެސް ވަސީލަތެއް މެދުވެރިކޮށް އެއްވެސް ކަމެއް ނުކުރަން އެދޭކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގި ކަމުގައިވީ ނަމަވެސް ރަށުގެ ސުލްހަމަސަލަސްކަމާއި އަމަންއަމާންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާ ގާނޫނީ އިމުން ބޭރު ނުވުމަށް ވެސް ސިޓީގައި ބުނެފައެވެ.

މީގެއިތުރުން ރަށުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމަށް ދޭ އެއްބާރުލުމަށް ވެސް އެ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ރައީސުލްޖުމްހޫރިޔއްޔާ ދިއްދޫއަށް ވަޑައިގަންނަވަން ނިންމަވާފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ.

މިދިޔަ ހަފްތާ ރައީސް ވަނީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ވެސް ދަތުރުކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެއަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކުރައްވައި، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވައުދުތައް ފުއްދުމަށް، ޕީއެންސީ ކެނޑިޑޭޓުން ހޮއްވަވައިދެއްވުމަށް ރައީސް އިލްމާސް ކުރަށްވައިފިޚަބަރު | 34 މިނިޓު ކުރިންޕީއެންސީގެ އައު އޮފީސް: ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ގާއިމުކުރި އެންމެ ހައިބަތު ބޮޑު އިދާރާ!ޚަބަރު | ގަޑިއިރެއް ކުރިންޕީއެންސީގެ އޮފީހަކީ އެންމެ ފުރިހަމަ ގޮތުގައި ސިޔާސީ ޕާޓީއެއް ހިންގޭނެ ފަދަ ވަޞީލަތެއް: ރައީސް ޑރ. މުޢިއްޒުޚަބަރު | ގަޑިއިރެއް ކުރިންކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ؛ ރައީސް ބައިވެރިވެޑައިގަންނަވާނެ!ޚަބަރު | 6 ގަޑިއިރު ކުރިން