logo
Bank of Maldives

Bank of Maldives

ޚަބަރު

ސައިފަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރެވުނީ ރަނގަޅު މީހާތޯ ސުވާލު އުފެދިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
26 ޖެނުއަރީ 2025 - 18:00
ސައިފަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރެވުނީ ރަނގަޅު މީހާތޯ ސުވާލު އުފެދިއްޖެ

ލީވުޑްގެ ފިލްމީ ތަރި ސައިފް އަލީ ޚާނަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރަނގަޅު މީހާކަމާމެދު ސުވާލު އުފެދިއްޖެއެވެ.

ސައިފްގެ އާއިލާ ދިރިއުޅޭ އެޕާޓްމަންޓަށް ވައްކަން ކުރުމުގެ ނިޔަތުގައި ވަދެ އެކްޓަރަށް ހަމަލާދިން ކަމަށް ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މުހައްމަދު ޝަރީފުލް އިސްލާމު ޝެހެޒާދު ނަމަކަށް ކިޔާ މީހަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މުޙައްމަދު ޝަރިފުލް އިސްލާމް ޝާހްޒާދު އިންޑިއާގައި ދިރިއުޅެމުން އަންނަނީ އެކި ނަން ނަމުގައި ކަމަށް ފުލުހުން ބޭއްވި ޕްރެސް ކޮންފަރެސްއެއްގައި ވަނީ ބުނެފައެވެ. ބޮލީވުޑްގެ މަގުބޫލު ބަތަލާ ކަރީނާގެ ފިރިމީހާ ސައިފަށް ހަމަލާ ދިން ކަމަށް ތަހުގީގުގައި އެމީހާ އެއްބަސްވެފައިވާ ކަމަށާއި އެނާ އަކީ ކުރިން ހައުސްކީޕިންގް ކުންފުންޏެއްގައި އަދި ފަހުން ރެސްޓޯރެންޓެއްގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މީހެއް ކަމަށް ތަހުގީގަށް ވަނީ އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހެން މިކަން ހިނގާފައި ވަނިކޮށް އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ މަހަރަޝްތުރާ ސްޓޭޓްގެ ވެރިޔާ ނާނާ ޕަޓޯލޭ ވިދާޅުވީ ހައްޔަރު ކުރި މީހާ އާއި ސައިފަށް ހަމަލާދިން ކަމަށް ބުނާ މީހާ ފެންނަ ސީސީޓީވީން ފެންނަ މީހާއަކީ ދެ މީހެއް ކަމަށެވެ.

ބަނގްލަދޭޝް މީހެއް ކަމަށްވާ މުހައްމަދު ރޫހުލް އަމީން ބުނީ، ފުލުހުން ހައްޔަރު ކުރި މީހަކީ ޝަރީފުލް އިސްލާމް ފަކީރު ނަމަކަށް ކިޔާ މީހެއް ކަމަށް ފުލުހުން ބުންޏަސް، ހައްޔަރުކޮށްފައިވަނީ އޭނާގެ ޝަރީފުލް އިސްލާމް ސައްޖާދު ކަމަށެވެ.

ބަނގްލަދޭޝްގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޑިޕްލޮމެޓިކް ޒަރީއާއިން އޭނާގެ ދަރިފުޅު ދޫކޮށްލާތޯ މަސައްކަތް ކުރާނެ ކަމަށް ވެސް މުހައްމަދު ރޫހުލް އަމީން ބުނެފަވެއެވެ.

ފުލުހުން ވެސް ކޯޓުގައި ބުނީ ފަކީރުގެ ސިފައާ ސައްޖާދުގެ ސިފަ ދިމާވޭތޯ އަދި ޓެސްޓެއް ނުހަދާ ކަމަށެވެ.

އެހެންކަމުން ހައްޔަރު ކުރެވުނީ ރަނގަޅު މީހާތޯ މިހާރު މި ވަނީ ސުވާލު އުފެދިފައެވެ.

 އުމުރުން 54 އަހަރުގެ ސައިފަށް ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު މިދިޔަ އަންގާރަ ދުވަހު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ފިލްމު "ލިލީ" ވީޑިއޯކްލަބް މެދުވެރިކޮށްސްޓްރީމްކުރަނީޚަބަރު | 13 މިނިޓު ކުރިންއައްޑޫއާއި ކުޅުދުއްފުށީގައި ސިނަމާ ކޮމްޕްލެކްސް އެއް ގާއިމުކުރަނީޚަބަރު | 3 މަސް ކުރިން104،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބި މަޝްހޫރު ޓިކްޓޮކް އިންފްލުއެންސަރ ކަލްޑެރާ މަރުވެއްޖެދުނިޔެ | 6 މަސް ކުރިންޓިކްޓޮކް ތަރި ސަމާއަށް އަނިޔާކުރުމަށްފަހު ފިރިމީހާ ފިލައިފިޚަބަރު | 8 މަސް ކުރިން