logo
Bank of Maldives

Bank of Maldives

ޚަބަރު

ތަހުގީގަށް ތިނަދޫ ސިޓީ ކައުންސިލުން އެއްބާރުލުމެއް ނުދިން: އޭސީސީ

ފޮޓޯ: ތިނަދޫ ކައުންސިލް
ފޮޓޯ: ތިނަދޫ ކައުންސިލް

އެންޓި ކޮރަޕްޗަން ކޮމިޝަނުން ކުރަމުންދާ ތަހުގީގަށް ތަހުގީގަށް ތިނަދޫ ސިޓީ ކައުންސިލުން އެއްބާރުލުން ދީފައިނުވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ތިނަދޫ ސިޓީ ކައުންސިލުން މިއަދު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭސީސީގެ ނަމުގައި އައި ބަޔަކު ކައުންސިލް އިދާރާގެ ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި ހާދިސާއާ ގުޅިގެން ކައުންސިލްގެ ބައެއް ޚިދުމަތްތައް މެދުކެނޑިފައިވާ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން އޭސީސީން ބުނީ އިއްޔެ އެ ކޮމިޝަނުގެ ޓީމެއް ތިނަދޫ ސިޓީ ކައުންސިލުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން ތަހުޤީޤަށް ބޭނުންވާ ލިޔެކިޔުން ހޯދުމުގެ މަސައްކަތް ކޮށްފަވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ނަމަވެސް މިކަމުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިފައިނުވާވާހަކަ ބަޔާންކޮށް އޭސީސީން ބުނީ ޤާނޫނު އަސާސީއާއ،ި އެންޓި -ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ ދަށުން ކޮމިޝަނުގެ ޤާނޫނީ އިމުގެ ތެރެއިނ،ް އެންމެހާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ކޮމިޝަނުގެ ތަހުޤީޤަށް ބޭނުންވާ ލިޔެކިޔުން ހޯދާފައިވާކަމަށެވެ.

އަދި މިކަމާ ގުޅޭގޮތުން ތިނަދޫ ކައުންސިލުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަކީ ދޮގު ވާހަކަތަކެއް ކަމުގައި އޭސީސީ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެ ކޮމިޝަނާ ގުޅޭގޮތުން ފަތުރަމުންދާ މަޢުލޫމާތަކީ ހަޤީޤަތާ ޚިލާފު ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އަދި އެކަމާމެދު އެ ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާކަން އެ ބަޔާނުގައި ފާހަގަކޮށްފައެވެ.

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި އަމިއްލަ ކުންފުންޏަކަށް ދަޢުވާކުރަނީޚަބަރު | 22 ދުވަސް ކުރިންޝަހާއުﷲ: ތިނަދޫ ސިޓީގެ ތަރައްޤީއަށްޓަކައި ސަރުކާރާއެކު މަސައްކަތްކޮށް ނަތީޖާ ދައްކައިދޭނެ ލީޑަރެއްރިޕޯޓް | 2 މަސް ކުރިންތިނަދޫ ސިޓީގެ ކުރިމަގަށް އައު އުންމީދެއް: ކެނޑިޑޭޓް އައިޝަތު ފަޟީލާގެ ވަރުގަދަ ތަޞައްވުރުރިޕޯޓް | 3 މަސް ކުރިންރިޝްވަތުގެ އެހީގައި މަޤާމުތަކަށް އަންނަ ފަރާތްތަކަކީ އަމިއްލަ މަސްލަހަތަށް މަސައްކަތްކުރާނެ ބައެއް: އޭސީސީޚަބަރު | 5 މަސް ކުރިން