ޣައްޒާގެ އުތުރުގެ ރައްޔިތުން އެނބުރި ވަޒަނަށް ދިޔުމުގެ ފުރުޞަތު ދޭން ފަށައިފި


27 ޖެނުއަރީ 2025 - 07:53
ފަލަސްތީނުގެ ޣައްޒާގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އެނބުރި ވަޒަނަށް ދިޔުމަށް ހުރަސް އެޅުމަށް ފަހު، ޔަހޫދީން އެ ކަމުގެ ފުރުސަތު ދޭން ފަށައިފިއެވެ.
މީގެ ކުރިން ޔަހޫދީން ވަނީ ޞަލާޙުއްދީން މަގަށް ސިފައިންނާއި ހަތިޔާރު ޖަމާކޮށް ފަލަސްތީނު ރައްޔިތުންނަށް ހުރަސްއަޅަމުންނެވެ. ޔަހޫދީންގެ ބޭނުމަކީ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން އިތުރު ހަ މީހަކު މިނިވަން ކުރުމަށް އެ ޖަމާއަތަށް މަޖުބޫރު ކުރުވުމެވެ.
މަގުތައް ބަންދުކޮށް ދިން ހަމަލާތަކުގައި އެކަކު ޝަހީދުކޮށްލާފައިވާކަމަށް ރިޕޯޓުތަކުން ބުނާއިރު 15 މީހަކު ވަނީ ޒަހަމްކޮށްލާފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 7 އިން މިއަހަރުގެ ޖަނަވަރީމަހުގެ 19 ވަނަ ދުވަހު ހަނގުރާމަ މެދުކަނޑާލުމާ ހަމައަށް އެމެރިކާގެ އެންމެ ޒަމާނީ ފަނާކުރަނިވި ހަތިޔާރު ބޭނުންކޮށްގެން ޔަހޫދީންވަނީ 47،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. އަދި ހަމަލާތަކުގައި ލައްކައަކަށްވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވާއިރު ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް ހަށިތައް ވާނެކަމަށް އޮފިޝަލުން ލަފާކުރެއެވެ.
ޔަހުދީންގެ އަމަލުތަކުން އެއްބަސްވުން ދަމަހައްޓަން ހުރަސްތަކާ ކުރިމަތިވެފައިވާއިރު ވަރަށް އަވަހަށް އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލަށް ދިއުމަށް ވަނި ހަމަޖެހިފައެވެ.
ޣައްޒާގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އެނބުރި ވަޒަނަށް ދިޔުމަށް ހުރަސްއެޅި ސަބަބުތަކުގެ ތެރޭގައި ޔަހޫދީ އަސީރެއްކަމުގައިވާ އަރްބެލް ޔަހޫދު ކިޔާ މީހަކު މިނިވަން ކުރަން ހަމާސްއިން ދެކޮޅު ހެދިކަމަށް ޔަހޫދީން ބުނެއެވެ.
އިތުރު ލިޔުންތައް

ޣައްޒާގައި މަރުވި 15،000 އަށް ވުރެ ގިނަ ކުދިންގެ ހަނދާން އާކޮށްފި
7 މަސް ކުރިން
އިސްރާއީލުން ފަލަސްތީނުގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 22 މީހުން މަރުވެއްޖެ
7 މަސް ކުރިން
އިސްރާއީލުން ހިންގަނީ ނަސްލު ނައްތާލުމުގެ ޢަމަލެއް، އޭގެން ފެންނަނީ އިންތިހާ ނާއިންސާފު: ރައީސް
7 މަސް ކުރިން