logo
Bank of Maldives

Bank of Maldives

ޚަބަރު

ދަނޑުވެރިކަން ކުރިއެރުވުމަށް އިންޑިޔާގެ ފަންނީ މާހިރުންގެ އެހީ ހޯދަނީ

އަޙްމަދު ޒަލީފް
27 ޖެނުއަރީ 2025 - 14:05
ދަނޑުވެރިކަން ކުރިއެރުވުމަށް އިންޑިޔާގެ ފަންނީ މާހިރުންގެ އެހީ ހޯދަނީ

އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަންނީ މާހިރުންގެ އެހީގައި ރާއްޖޭގެ ދަނޑުވެރިކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާކޮށްފިއެވެ.

އިންޑިޔާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރާ ޖަމާއަތްތަކާއި ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރެވިދާނެ ވަސިލަތްތައް ގާއިމްކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ފުޑް ސެކިއުރިޓީ އާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބަައްދަލުކުރެއްވުމުގައި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ދިރޭތަކެތީގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ޤައުމު ގުޅިގެން ކުރެވިދާން ކަންކަމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި މަތީ ތަޢުލީމުގެ ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުންގެ ވާހަކަފުޅުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރި ޖީ. ބަލަސުބްރަމަނިއަމްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް، ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި ޤާއިމްކުރި ވަގުތީ މާރުކެޓް ހުޅުވައިފިޚަބަރު | 3 ގަޑިއިރު ކުރިންދަނޑުވެރިކަން ކުރިއެރުވުމަށް އިންޑިޔާގެ ފަންނީ މާހިރުންގެ އެހީ ހޯދަނީ ޚަބަރު | އަހަރެއް ކުރިން