logoEN
ޚަބަރު

ފެންސުގައި ޖެހުނު ޕިކަޕް ދުއްވީ ކުޑަކުއްޖެއް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

27 ޖެނުއަރީ 2025 - 18:16

ކުޅުދުއްފުށި ސިޓީގެ އެއާޕޯޓްގެ ފެންސްގައި ޖެހުނު ޕިކަޕް ދުއްވަން އިނީ ކުޑަަކުއްޖެއްކަމަށް ފުލުހުން ބުނެފި އެވެ.

ބާާރަށް ދުއްވާފައި ދިޔަ އެ ޕިކަޕް ގޮސް އެއާޕޯޓްގެ ފެންސްގައި ޖެހޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފައެވެ. ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ ވީޑިއޯ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަަނަށް ބެލިބެލުމުން އެ ޕިކަޕް ދުއްވާފައިވަނީ 18 އަހަރު ނުފުރޭ ކުއްޖެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެ މައްސަލައިގައި އެ ޕިކަޕް ޓޯކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެެ އެވެ.

ފެންސްގައި ޕިކަޕު ޖެހުމުން މީހަކު ނުކުމެ ޕިިކަޕު ދަމާފައި ފަހަތަށް ޖައްސަން އުޅޭ މަންޒަރުވެސް އެ ވީޑިއޯއިން ފެނެ އެވެ. އަދި އަލުން ޕިކަޕަށް އަރައި ކުރިއަށްދާތަން ވެސް ވީޑިއޯއިން ފެނެ އެވެ.

ކޮމެންޓް

871x217_placeholder