logo
Bank of Maldives

Bank of Maldives

ޚަބަރު

ހަށިވިއްކަމުން ދިޔަ ބަޔަކު އަތުލައިގެންފި

އަޙްމަދު ޒަލީފް
28 ޖެނުއަރީ 2025 - 12:27
ހަށިވިއްކަމުން ދިޔަ ބަޔަކު އަތުލައިގެންފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ވިއެޓްނާމް ބަޔަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އެގޮތުން، ވިއެޓްނާމްގެ 4 އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި 1 ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިމިގްރޭޝަނުން ބުނެފައިވަނީ އެ މީހުންގެ އޭޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިރިހެން މީހާއާއި އޭގެތެރެއިން ތިން އަންހެނުން ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔައީ ވޯކް ވިސާގައި ކަމަށެވެ.

އޭގެތެރެއިން އެއް އަންހެނަކު މިހާރު ޑީޕޯޓުކޮށްފައިވާއިރު، ބާކީ ތިބި 4 ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައި އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށްޓަކައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން މި މަހު ވެސް ނުވަ ބިދޭސީން އަތުލައިގެންފައިވާއިރު، މިދިޔަ ޑިސެމްބަރު މަހުވެސް ހަށިވިއްކުމުގެ ހަތަރު މައްސަލައަކާ ގުޅިގެން ނުވަ ބިދޭސީއަކު އަތުލައިގެންފައިވެއެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަށިވިއްކަމުންދިޔަ ދިވެއްސަކާއި ބިދޭސީއެއް ހައްޔަރުކޮށްފިޚަބަރު | 3 މަސް ކުރިންހަށިވިއްކި އިންޑިޔާ އަންހެނަކު ފުރުވާލައިފި ޚަބަރު | 8 މަސް ކުރިންހަށިވިއްކަމުން ދިޔަ ބަޔަކު އަތުލައިގެންފި ޚަބަރު | 9 މަސް ކުރިންހަށިވިއްކަން އުޅުނު 5 މީހަކު އަތުލައިގެންފި ޚަބަރު | އަހަރެއް ކުރިން