logo
Bank of Maldives

Bank of Maldives

ޚަބަރު

ހަށިވިއްކި އިންޑިޔާ އަންހެނަކު ފުރުވާލައިފި

އަޙްމަދު ޒަލީފް
11 ފެބްރުއަރީ 2025 - 12:19
ހަށިވިއްކި އިންޑިޔާ އަންހެނަކު ފުރުވާލައިފި

ހަށި ވިއްކަމުން ދިޔަ އިންޑިޔާ އަންހެނަކު ޑީޕޯޓްކޮށްލައިފިއެވެ.

މިކަމާ ގުޅޭގޮތުން އިމިގްރޭޝަނުން ބުނެފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށްޓަކައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮޕަރޭޝަނުގައި ބިދޭސީ އަންހެނަކާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ވިއެޓްނާމް ބަޔަކު ވެސް ދާދިފަހުން ވަނީ އަތުލައިގެންފައެވެ. އެ އޮޕަރޭޝަންތަކުގައި ވިއެޓްނާމްގެ 4 އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ފިރިހެނަކު އެ މުއައްސަސާއިން ބަންދު ކޮށްފައިވެއެވެ.

އޭގެއިތުރުން އިމިިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން މިދިޔަ މަހު ނުވަ ބިދޭސީން އަތުލައިގެންފައިވާއިރު، މިދިޔަ ޑިސެމްބަރު މަހުވެސް ހަށިވިއްކުމުގެ ހަތަރު މައްސަލައަކާ ގުޅިގެން ނުވަ ބިދޭސީއަކު އަތުލައިގެންފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަނބިމީހާ "ހައްޔަރުކޮށްގެން" ހަށިވިއްކުވި ބިދޭސީއަކު ހައްޔަރު ކޮށްފި!ޚަބަރު | 8 ދުވަސް ކުރިންމަޝްހޫރު މޮޑެލް އަދި ބަތަލާ ޓްވިޝާގެ މަރުގެ މައްސަލާގައި މައިދައިތަ ހައްޔަރުކޮށްފިދުނިޔެ | 15 ދުވަސް ކުރިންއިންޑިއާގެ ‘’ކުރަފި ޕާޓީ’’ގެ މަގުބޫލުކަން އިންތިހާ މައްޗަށްދުނިޔެ | 23 ދުވަސް ކުރިންރާއްޖެ-އިންޑިއާ ގުޅުމަށް 60 އަހަރު: ގުޅުން ބަދަހިކުރުމަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފިޚަބަރު | މަހެއް ކުރިން