logo
Bank of Maldives

Bank of Maldives

ޚަބަރު

މުޅި ދިއްދޫ ނިކުމެ ރައީސްއަށް ވަރަށް ހޫނު މަރުޙަބާއެއް

އަޙްމަދު ޒަލީފް
28 ޖެނުއަރީ 2025 - 15:48
މުޅި ދިއްދޫ ނިކުމެ ރައީސްއަށް ވަރަށް ހޫނު މަރުޙަބާއެއް

ހއ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދިއްދޫއަށް މިރޭ ވަޑައިގަތުމުން އެ ރަށު ރައްޔިތުން ނިކުމެ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

IMG_4446.jpeg

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ދިއްދޫ އަށް ފައިބައިވަޑައިގަތުމުން އެމަނިކުފާނަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ލަތީފް މުހައްމަދު އެވެ.

އެއަށް ފަހު ރައީސް ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ދިއްދޫން ނުކުމެ ތިބި ގިނަ އަދަދެއްގެ ރައްޔިތުންނާ ސަލާމް ކުރެއްވުމަށް ގިނަ ވަގުތުތަކެއް ހޭދަ ކުރައްވައިފައެވެ.

IMG_4447.jpeg

ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ 50 ދުވަހުގެ ތެރޭ ދިއްދޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ނިންމާލައިފިޚަބަރު | 14 ދުވަސް ކުރިންދިއްދޫ ބިން ހިއްކުން: މިހާތަނަށް 78 ހެކްޓަރުގެ ބިން ހިއްކައިފިޚަބަރު | މަހެއް ކުރިންޗާގޯސް ހައްގީ ދިވެހީންނަށް، އެއީ ދިވެހީންގެ ފޯޅަވަހި: ރައީސްޚަބަރު | 2 މަސް ކުރިންހއ. ދިއްދޫ އެއަރޕޯޓު އެޅުމަށް ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 2 މަސް ކުރިން