logo
Bank of Maldives

Bank of Maldives

ޚަބަރު

ދިއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ: ރައީސް

ރަނާ އަޙްމަދު ފަޔާޒް
28 ޖެނުއަރީ 2025 - 17:38
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދިއްދޫގެ ރައްޔިތުންނާއި ވާހަކަފުޅުދެއްކެވުން -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދިއްދޫގެ ރައްޔިތުންނާއި ވާހަކަފުޅުދެއްކެވުން -- ފޮޓޯ: ރައީސް އޮފީސް

ދިއްދޫގައި އެއަރޕޯޓު ތަރައްގީކުރުމަކީ ސަރަހައްދީ ތަރައްގީގެ ޕްލޭންގައި ކޮނެމެހެންވެސް ކުރަންޖެހޭކަމެއް ކަމަށާ އެކަމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހއ އަތޮޅުގެ ރަށްތަކަސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ދިއްދޫރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވި ދިއްދޫގެ ތަރައްގީއަށް މިވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަވަނީ އެއަރޕޯޓުގެ މަސައްކަތް ކަމަށާ މިކަމަކީ އަތޮޅުގެ މެދު ރާސްތާ އަދި ދިގު ރާސްތާގެ ތަރައްގީގައި ވަރަށް މުހިއްމު މަޝްރޫއެއް ކަމަށެވެ.

މިކަމުގެ އަމަލީ މަސައްކަތް ކުރުމަށް މިހާރު މަސައްކަތްތައް ތަރުތީބުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި މަސައްކަތް ކުރުމަށް އެމްޓީސީސީގެ އިތުރުން ބޭރުގެ ބައެއް ފަރާތްތަކަށް ފްރޭމްވޯކް އެގްރީމެންޓެއްގައި ސޮއިކޮށް ގިނަ މަސައްކަތްތަކެއް މިހާރު ފެށި އަމަލީ މަސައްކަތް ފެށުމާއި ހަމައަށް ދިއުމަށް ވަރަށް ގާތުގައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ދިއްދޫ އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބިން ހިއްކުމާއެކު ކުރަންޖެހޭ އެހެން ކަންކަން ވެސް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

" އެކަން ކުރުމަށް ޓަކައި އަމަލީ މަސައްކަތް ފެށުމަށް މިހާރު އެވަނީ ގިނަ މަސައްކަތްތަކެއް ތަރުތީބު ކުރެވިފައި. އެމްޓީސީސީއަށް ބައެއް މަސައްކަތް، އަދި ބޭރުގެ ބައެއް ފަރާތްތަކަށް ފްރޭމްވޯކް އެގްރީމެންޓެއްގައި ސޮއި ކުރެވ ގިނަ މަަސައްކަތްތަކެއް ފެށި އަމަލީ މަސައްކަތް ފެށުމާއި ހަމައަށް މިދަނީ. އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އޭގެ ހުރިހާ ތަފްސީލުތަކެއްގެ ތެރެއަށް ދިއުމުގެ ބަދަލުގައި އެމަސައްކަތް މި އަހަރު ތެރޭގައި ވަރަށް އަވަހަށް އަމަލީ ގޮތުން ބިން ހިއްކުމާއެކީގައި ފަށާ، އެކަމާއި އެކު ކުރަނޖެހޭ ޝޯޕްރޮޓެކްޝަން އަދި ރަނވޭ ގެ އިތުރުން އެއަރޕޯޓުގެ އިމާރާތްތަކުގެ ހުރިހާ ކަމެއް ފެށޭ ހިސާބުން ވަރަށް ބާރު ސްޕީޑެއްގައި ގެންގޮސް ނިންމަދޭނަން" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މި މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ގެންގޮސް ނިންމައިދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސް ވިދާޅުވީ އުތުރުގެ 4 އަތޮޅު އިންޓެގްރޭޑެޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާކަމަށާ އެ އަތޮޅުތަކުގައިބޮޑެތި ޢުމްރާނީ އެތައް މަޝްރޫއެއް ހިންގާނެކަމަށެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަފާދޭ ކޮމިޓީތަކަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފިޚަބަރު | 17 ގަޑިއިރު ކުރިން 31 އަހަރަށްފަހު ތެލަސީމިއާ ސެންޓަރު ހުކުރު ދުވަހު ހުޅުވައި ޚިދުމަތް ދޭން ފަށައިފިޚަބަރު | ދުވަހެއް ކުރިން"ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނީ އިޢާދަކުރުވަނިވި ސާފު ހަކަތަ ބޭނުންކުރުން އިތުރުކޮށްގެން"ޚަބަރު | ދުވަހެއް ކުރިން14 ރަށެއްގައި ޕާކު ތަރައްގީ ކުރުމަށް ބޭނުންވާ ސެޓުތައް ފޮނުވަން ފަށައިފިޚަބަރު | ދުވަހެއް ކުރިން