ރާއްޖޭގައި ލޮނު އުފައްދާ ފެކްޓަރީ އެއް ގާއިމްކުރަނީ

ހއ.ދިއްދޫގައި އަޅާ ލޮނު ފެކްޓަރީ ފޮޓޯ--/ ޕީއެސްއެމް
އަބްދުﷲ ޖަޒްލާން09 ސެޕްޓެމްބަރު 2024 - 07:24
ރާއްޖޭގައި ލޮނު އުފައްދާ ފެކްޓަރީ އެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމް.ޑީޕް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ދިވެހި ކުންފުންޏަކާއި، ޖަޕާނުގެ ކުންފުންޏަކާއި ގުޅިގެން ތަރައްގީކުރާ މި ކާރުޙާނާ ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ހއ.ދިއްދޫގައެވެ. ދިއްދޫ ކައުންސިލުން ބުނީ މި ކާރުޚާނާ އެޅުމަށްޓަކައި 15000 އަކަފޫޓުގެ ބިމެއް 15 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްފައިވާނެ ކަަމަށެވެ. އަދި މީގެ ސަބަބުން ވަޒީފާގެ ފުރުސަތު އިތުރުވެ ކައުންސިލްގެ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.
މި ފެކްޓަރީ އަކީ ގުދުރަތީ ނިޒާމުގެ ތެރެއިން އިރުގެ އަލި އަދި ހަކަތަ ބޭނުންކޮށްގެ ލޮނު އުފައްދާ ފެކްޓަރީ އެއް ކަމަށާއި މި ފެކްޓަރީ އިން 03 ބާވަތެއްގެ ލޮނު އުފައްދާނެ ކަމަށްވެސް ފެކްޓަރީގެ ވެރިންނާއި ހަވާލާދެއްވާ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. މިކާރުހާނާއިން އުފައްދާ ލޮނު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްކުމަށް ނިންމާފައިވާ ކަމަށާއި އަދި ރިސޯޓް ތަކަށް ވެސް މި އުފެއްދުން ތައާރަފްކުރަން ނިންމާފައިވާ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްވެގެންދާ މިފަދަ ކާރުޙާނާއެވެ، މީގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ފަންނީ މާހިރުން ވިދާާޅުވެއެވެ.
އިތުރު ލިޔުންތައް

ރައީސްްގެ ދިއްދޫ ދަތުރަށް ހުރަސް ނޭޅުމަށް އެމްޑީޕީއަށް އަންގައިފި
10 މަސް ކުރިން
މުޅި ދިއްދޫ ނިކުމެ ރައީސްއަށް ވަރަށް ހޫނު މަރުޙަބާއެއް
10 މަސް ކުރިން
ދިއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ: ރައީސް
10 މަސް ކުރިން.png&w=3840&q=75)


