logo
MPL

MPL

ޚަބަރު

ކުރީގެ ފަސްޓް ލޭޑީ ފަޒްނާގެ މަންމާފުޅު ނިޔާވުމުން ރައީސް މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ރަނާ އަޙްމަދު ފަޔާޒް
31 ޖެނުއަރީ 2025 - 13:13
ކުރީގެ ފަސްޓް ލޭޑީ ފަޒްނާ މުޙައްމަދުގެ މަންމާފުޅު، މަރްޙޫމާ ޒަމީރާ
ކުރީގެ ފަސްޓް ލޭޑީ ފަޒްނާ މުޙައްމަދުގެ މަންމާފުޅު، މަރްޙޫމާ ޒަމީރާ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ، ފަޒްނާ މުހައްމަދު ގެ މަންމާފުޅު ޒަމީރާ ޢުމަރު ނިޔާވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މެޑަމް ފަޒްނާގެ މަންމާފުޅު ނިޔާވެފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. އެގޮތުން ތައުޒިޔާ ފޮނުއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ ފަޒްނާ އަޙްމަދުގެ ލޮބުވެތި މަންމާފުޅު އަވަހާރަވުމުގެ ފުން ހިތާމައިގައި ބައިވެރިވެ، ކުރީގެ ރައީސް ޞާލިޙްގެ ދެ ކަނބަލުންނަށާއި ޢާއިލާއަށް ތަޢުޒިޔާ ދަންނަވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން މަރްޙޫމާ ޒަމީރާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތާއި އޯގާވަންތަކަމުގައި ތާއަބަދުމެ ލެހެއްޓެވުން އެދި ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.

މަރްޙޫމާ ޒަމީރާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުދައިތާފުޅު ވެސް މެއެވެ. އެކަމަނާ އަވަހާރަވެފައި ވަނީ އާލާސްކަންފުޅާއިގެން އުޅުއްވަނިކޮށް، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެނިކޮށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ: އެހީތެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފިޚަބަރު | 16 މިނިޓު ކުރިންފުނަދޫގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ރައީސްގެ ޚާއްޞަ ޝުކުރެއް, އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރެއްވިޚަބަރު | 2 ގަޑިއިރު ކުރިންދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ރަންވަނަތައް ހޮވައި، އިނާމު ދީފިޚަބަރު | 10 ގަޑިއިރު ކުރިންކުދި ވިޔަފާރިތަކަށް ބޮޑު ލުޔެއް: އުފެއްދުންތަކަށް ބޭނުންވާ ސާމާނުން 5 އަހަރަށް ޑިއުޓީ ކަނޑާލަނީޚަބަރު | 18 ގަޑިއިރު ކުރިން