logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑިއާ އިން ރާއްޖެއަށް ދޭ އެހީގެ އަދަދު އިތުރު ކޮށްފި

ހުސައިން ވަސީމް
1 ފެބްރުއަރީ 2025 - 13:25
އިންޑިއާ އިން ރާއްޖެއަށް ދޭ އެހީގެ އަދަދު އިތުރު ކޮށްފި

އިންޑިއާއިން ރާއްޖެއަށް ދޭ އެހީގެ އަދަދު އިތުރުކޮށް އެގައުމުގެ ބަޖެޓު ހުށަހަޅައިފި އެވެ.

އިންޑިއާ ސަރުކާރުން ކުރިއަށް އޮތް މާލީ އަހަރަށް ބަޖެޓު ހުށަހެޅި އިރު ރާއްޖެ އަށް އެހީގެ ގޮތުގައި ދޭން ކަނޑައަޅާފައި ވަނީ 600 ކުރޯޑް ރުޕީސްއެވެ.އެއީ ގާތްގަނޑަކަށް 1.06 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ދޭން ކަނޑައަޅާފައި 54.2 މިލިއަން އެމެރިކާ ޑޮލަރެވެ. އެއީ އެ އަހަރަށް ލަފާކުރި އަދަދަށް ވުރެ 18 މިލިއަން ޑޮލަރު ދަށް އަދަދެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ފުރަތަމަ ދޭން ކަނޑައަޅާފައި ވަނީ 1.1 ބިލިއަން ރުފިޔާ އެވެ. މިއަހަރު ބަޖެޓުގައި 200 ކްރޯޑު ރުޕީސް ނުވަތަ 355 މިލިޔަން ރުފިޔާ އިތުރަށް ދިނުމަށް ވަނީ ހިމަނާފައެވެ.

އިންޑިއާއިން ގައުމުތަކަށް އެހީގެ ގޮތުގައި ދިނުމަށް ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު ވަނީ ހިމަނާފަ އެވެ.

އިންޑިއާއަކީ އަބަދުވެސް ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެކެވެ. އިންޑީއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި މިހާރުވެސް ބޮޑެތި މަޝްރޫއުތައް އަންނަނީ ހިންގަމުންނެވެ.

އެގޮތުން ތިލަމާލެ ބްރިޖު މަޝްރޫއު އާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއު ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން 4000 ފްލެޓު އެޅުމުގެ މަޝްރޫއުވެސް ފާހަގަ ކޮށްލެވެ އެވެ.

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެކްސަސައިޒް "ދޯސްތީ 17" ފަށައިފިޚަބަރު | 2 މަސް ކުރިންތަމްރީނަކަށް އައި އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖޭގެ ފަރަކަށް އަރައިފިޚަބަރު | 2 މަސް ކުރިންފަވަރަ އާއި އިންޑިއާގެ ޔޫޕީއައި ގުޅާލަން އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | 8 މަސް ކުރިންރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އިތުރު އެހީ އިންޑިއާއިން ލިބޭނެ- ފޮރިން ސެކްރެޓަރީޚަބަރު | 8 މަސް ކުރިން