ލޯނު އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑު އެސްޓަން ވިލާއަށް


02 ފެބްރުއަރީ 2025 - 14:22
މެންޗެސްޓަރ ޔުނައިޓެޑުގެ ފުރަތަމަ 11 ގައި ވޭތުވެދިޔަ 9 ސީޒަނުގައި މުހިންމު ދައުރެއް އަދާކުމަމުން ގެންދިޔަ އުމުރުން 27 އަހަރުގެ މާކުސް ރަޝްފޯޑު ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރީމއަރ ލީގުގެ އެސްޓަންވިލާ އަށް ސޮއިކޮށްފިއެވެ.
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމާއި މިސީޒަނުގެ ވަކިހިސާބަކުން އަމޯރިމް ހަވާލުވިފަހުން ފުރަތަމަ 11 އިން ރަޝްފޯދަށް ޖާގަ ދީފައިވަނީ މަދު މެޗަކުންނެވެ. އަދި ފާއިތުވެދިޔަ 2 މަސްދުވަހުގައި ރަޝްފޯޑު އަށް ޓީމުލިސްޓުންވެސް ޖާގަނުލިބެއެވެ. ޓީމު ލިސްޓުން ރަޝްފޯޑުއަށް ޖާގަނުދޭން ނިންމާފައިވަނީ ދަނޑުމަތިންނާއި ދަނޑުބޭރުން އަދި ޓްރެއިނިންގ ރަޝްފޯޑު ފަރުވާކުޑަވުމުންނާއި އެކަށީގެންވާމިންވަރަށް އެކަމަށްދޭންވާ ސަމާލުކަން ނުދޭތީކަމަށް މީގެކުރިން ކޯޗު އަމޯރިމް ބުނެފައިވެއެވެ.
މި ލޯނު އެއްބަސްވުމުގެ ދަށުން ރަޝްފޯޑުގެ މުސާރައިގެ %75 ވިލާއިން ދައްކާނެއެވެ. އަދި މިއެއްބަސްވުން ނިމުމާއެކު ވިލާއިން ބޭނުންވާނަމަ 40 މިލިޔަން ޑޮލަރަށް ރަޝްފޯޑު ގަނެވޭގޮތަށް މާއްދާއެއް ހިމެނިފައިވެއެވެ.
މި ޓްރާންސްފަރ މާކެޓްގައި ރަޝްފޯޑުގެ ސޮއިހޯދަން ބާސެލޯނާއިން ބޭނުންވިނަމަވެސް، ލަލީގާގެ ޚަރަދުކުރެވޭ ހުދޫދުތަކުގެ ތެރެއިން ބާސެލޯނާއަށް ވަނީ އެކަން ކާމިޔާބުވާގޮތް ނުވިއެވެ.
ވިލާއިން މިހާބޮޑު ޚަރަދެއްކުރަން ނިންމާފައިވަނީ މި ސީޒަނުގައި ޗެންޕިއަންސް ލީގުގައި ގަދަ 8 ގައި އެޓީމު ހިމެނިފައިވުމާ އަދި އެޓީމުގެ ފޯވާޑް ޖޯން ޑޫރަން މި ޓްރާންސްފަރ މާކެޓްގައި 77 މިލިޔަނަށް ސަޢޫދީގެ އަލް-ނަޞްރަށް ބަދަލުވެފައިވުމުން އެތަން ފޫބެއްދުމަށެވެ.
މީގެއިތުރުން ވިލާއިން ރެއާލް މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ މާކޯ އެސަންސިއޯ ޕީ.އެސް.ޖީ އިން ގެނައުމަށް މަސައްކަތްތަކެއް ކުރަމުންގެންދާކަމަށް އިތުބާރުހުރި މަސްދަރުތަކުން ރިޕޯޓްކުރެއެވެ.
އިތުރު ލިޔުންތައް

ޔޫއޭފާ ޔޫރޮފާލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު ތިންވަނަ މެޗުންވެސް އެއްވަރުވެއްޖެ.
7 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: މެންޗެސްޓަރ ޔުނައިޓެޑް އަށް ކުރިއެރުމެއްނެތް.
7 މަސް ކުރިން
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެންހާގް ވަކިކޮށްފި.
7 މަސް ކުރިން