logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ މައިގަނޑު އަސާސްތައް އެކަށައެޅުމަށް ނިންމަވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
3 ފެބްރުއަރީ 2025 - 03:55
ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މައިގަނޑު އަސާސްތައް އެކަށައެޅުމަށް ނިންމަވައިފި

ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ބޭނުންވާ މައިގަނޑު އަސާސްތައް އެކަށައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމެވީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންގެ މަޝްވަރާ ހޯއްދެވުމަށްފަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަން ހާސިލް ކުރުމަށް މައިގަނޑު 9 ކަމެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިކަންކަން ތަންފީޒު ކުރުމަށް ނިންމަވާފައި ވަނީ ސީދާ އެ މަނިކުފާގެ ޚާއްޞަ އިރުޝާދުގެ ދަށުން ނެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހުއެވެ.

އެކަންކަމަކީ:

- ޤައުމީ ފެންވަރުގައި ހިންގާ ރާއްޖެ ޑިޖިޓަލް ކުރުމުގެ މަޝްރޫޢުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ ޤާނޫނުތައް ތަޢާރަފުކޮށް ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުން، އަދި އިޤްތިޞާދެއް ބިނާކުރުމަށް ފަހި، ހިންގުމުގެ އޮނިގަނޑެއް އައި.ސީ.ޓީ ދާއިރާއިން ގާއިމުކުރުން.

- ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޑޭޓާ އަދި ފަސޭހަކަމާއެކު މަޢުލޫމާތު ޙިއްސާކުރެވޭނެ "އިންޓަރ އޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިންގ ޕްލެޓްފޯމެއް" ގާއިމުކުރުން. އަދި މިކަމަށް މަގުފަހިކޮށްދިނުމަށް އަސާސީ "ސިންގަލް ސޯސް އޮފް ޓުރުތު" ގެ ގޮތުގައި ބޭނުންކުރާ މަރުކަޒީ ދަފްތަރުތަކާއި ރަޖިސްޓްރީތައް އެކަށައަޅައި އެ ދަފްތަރުތައް ނުވަތަ ރަޖިސްޓްރީތައް ބަލަހައްޓަންޖެހޭ ދައުލަތުގެ އިދާރާތައް ކަނޑައެޅުން.

- ސިޓިޒަން ސެންޓްރިކް ޚިދުމަތް ފޯރުކޮށްދިނުމަށާއި އީ-ގަވަރންމަންޓްގެ ނިޒާމު ހަރުދަނާކުރުމަށް ޤައުމީ ފެންވަރުގައި އޮޕަރޭޓްކުރާ
މަރުކަޒީ މަންސަތައް އެކަށައަޅައި އާއްމުކުރުން.

- އީ-ގަވަރމަންޓް ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން.

- ދައުލަތުގެ އިދާރާތަކުގައި އެއްކުރެވިފައިވާ މަޢުލޫމާތާއި ޑޭޓާ، ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ނޭޝަނަލް ސޮވަރިންގ ކްލައުޑް ގާއިމުކުރުމާއި، ޑޭޓާ ސެންޓަރުގެ ވަސީލަތްތައް ފުޅާކުރުމާއި ޑިޖިޓަލް އަރުޝީފުގެ ނިޒާމު ހަރުދަނާކުރުން.

- އީ-ފާސް، އިލެކްޓްރޯނިކް އައިޑެންޓިފިކޭޝަން ނިޒާމުގެ ގޮތުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަރައްޤީކުރުމާއެކު،ޑިޖިޓަލް ސޮއި ބޭނުންކުރަން ފެށުން.

- ޑިޖިޓަލް ރޮނގުން އަހުލުވެރި މަސައްކަތުގެ އާބާދީއެއް ބިނާކުރުމަށް ތަޢުލީމީ މުޤައްރަރުގައި ޓެކްނޯލޮޖީއަށް އަހުލުވެރިކުރުވުމަށް، ބޭނުންވާ ޢިލްމި ބައިތައް އިތުރުކޮށް، މަސައްކަތްތެރިންގެ އާބާދީ އައު ޓެކްނޯލޮޖީގެ ދާއިރާއިން ތަމްރީންކޮށް އަދި މި ދާއިރާގެ ދިރާސާތައް ތަރައްޤީކޮށް އަދި އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް ޚާއްޞަ ފަންޑެއް އުފައްދައި ތަމްރީނާއި ތަހުލީލުގެ މަސައްކަތްތައް ފުޅާކުރުމަށް ފުރުސަތު ފަހިކޮށްދިނުން.

- އައި.ސީ.ޓީ އަދި އެހެނިހެން ޓެކްނޯލޮޖީގެ ޚިދުމަތްތައް ސަރުކާރުގެ ބޭނުންތަކަށް ހޯދުމުގައި ދިވެހިންނަށް އިސްކަން ދިނުން ނުވަތަ "ލޯކަލް ފަސްޓް" ސިޔާސަތަށް ޢަމަލަކުރަން ނިންމުން.

- ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ޤާއިމްކުރުން.

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ (އައި.ސީ.ޓީ) ދާއިރާގެ ޙިއްޞާވާ މިންވަރު މަތިކޮށް، އަދި ޑިޖިޓަލް އިޤުތިޞާދީ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަށާއި، ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ، މިހާރަށްވުރެ ހަލުވި ދުވެލީގައި ހާސިލުކޮށް، އައި.ސީ.ޓީގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރުގެ ޓެކްނޯލޮޖީ ދާއިރާ ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ނިންމެވި ނިންމުމުގައި ހިމެނޭ ކަންކަން ކުރެއްވުމަށް މަގުޗާޓެއް ކަނޑައަޅުއްވައި އެކިކަންކަން ޙާޞިލްކުރާނެ ގޮތްތަކާ ގުޅޭގޮތުން ވެސް އިއްޔެ ވަޒީރުންގެ މަޖިލީހުަގއި ވަނީ މަޝްވަރާކުރައްވާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންދިހަ ވަޒީރެއް އިސްތިއުފާ ދެއްވައިފިޚަބަރު | 12 ގަޑިއިރު ކުރިންކެބިނެޓަށް ބޮޑު ބަދަލެއްޚަބަރު | 14 ގަޑިއިރު ކުރިންދުންފުހުގެ އަސަރު ކުރުމުގެ ކުރިން އެކަން ރައްޔިތުންނަށް އެނގޭނެ: ވަޒީރު ތޯރިގުޚަބަރު | 15 ގަޑިއިރު ކުރިން