ރޯއިލް އޭވިއޭޝަން އެކެޑަމީން މޯލްޑިވިއަން އެސްޕައަރިންގ ޕައިލެޓުންނަށް ޚާއްސަކޮށް ނެޓްވޯކިން އިވެންޓެއް


04 ފެބްރުއަރީ 2025 - 07:33
ފިލިޕީންސްގައި ޤާއިމުކުރެވިފައިވާ ފްލައިޓް ޓްރެއިނިންގ އިންސްޓިޓިއުޝަނެއް ކަމުގައިވާ ރޯއިލް އޭވިއޭޝަން އެކެޑަމީން ދިވެހި އޭވިއޭޝަން ޝައުޤުވެރިވާ ފަރާތްތަކާއި ޕައިލެޓް ވުމަށް އެދޭ ފަރާތްތަކަށް އަމާޒުކޮށްގެން ނެޓްވޯކިންގ އަދި މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
"ބިކަމް އަ ޕައިލެޓް: އަ މޯލްޑިވިއަން އޭވިއޭޓަރ" ގެ ނަމުގައި ބޭއްވުނު މި އިވެންޓުގައި އެކެޑަމީގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި އޭވިއޭޝަން ދާއިރާގައި ހުރި ކެރިއަރ ފުރުޞަތުތަކާ ބެހޭ މުހިންމު މަޢުލޫމާތުތައް ހިއްސާކުރެވިފައިވެއެވެ.މި އިވެންޓުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރޯއިލް އޭވިއޭޝަން އެކެޑަމީއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން ރަސްމީކޮށް ގަބޫލުކުރާ އެޕްރޫވްޑް ޓްރެއިނިންގ އޯގަނައިޒޭޝަނެއް (އޭޓީއޯ) ކަމުގައި ވެފައިވާކަން އިޢުލާނުކުރުމެވެ. މި ކާމިޔާބީއަކީ ދިވެހި ދަރިވަރުންނަށް ޚާއްޞަކޮށް ފައިދާކުރާނެ ކަމެކެވެ. އެއީ ދަރިވަރުންނަށް ގްރެޖުއޭޓްވުމާއެކު ވަގުތުން މޯލްޑިވްސް ފްލައިންގ ލައިސަންސް ހޯދުމުގެ ފުރުޞަތު ލިބި، ދިވެހިރާއްޖޭގައި އިތުރު ތަމްރީނު ހޯދަން ނުޖެހޭނެތީއެވެ. މިހާރު 200 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ރޯއިލް އޭވިއޭޝަން އެކެޑަމީގައި ކިޔަވަމުންދާއިރު، 2025 ވަނަ އަހަރުގެ އެކަޑަމިކް އަހަރަށް އިތުރު 90 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާނެކަމަށް ބެލެވެއެވެ. 100 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވި މި އިވެންޓަކީ ޕައިލެޓް ވުމަށް އެދޭ ފަރާތްތަކުން ވަރަށް ބޮޑަށް އަގުވަޒަންކުރި އިވެންޓެކެވެ. އަލަށް ލިބުނު އޭޓީއޯ ސްޓޭޓަސްއާއި ދިވެހި އެއަރލައިންތަކާއެކު އޮތް ވަރުގަދަ ގުޅުމާއެކު، ރޯއިލް އޭވިއޭޝަން އެކެޑަމީއަކީ އޭވިއޭޝަން ދާއިރާގައި ކެރިއަރއެއް ފަށަން ބޭނުންވާ ދިވެހި ޒުވާނުންނަށް މުހިންމު މަގެކެވެ. މި އިވެންޓަކީ ދިވެހިރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް އައު ހިތްވަރަކާއި އުއްމީދެއް ގެނެސްދިން އިވެންޓެކެވެ. ރޯއިލް އޭވިއޭޝަން އެކެޑަމީގެ އޭޓީއޯ ސްޓޭޓަސް ލިބުމާއެކު، ދިވެހި ދަރިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތަމްރީނު ލިބި، ސީދާ ދިވެހިރާއްޖޭގެ އުދުހުންތެރިކަމުގެ ދާއިރާއަށް ނުކުތުމުގެ ފުރުޞަތު ފަހިވެގެން ދާތީ މި އިވެންޓަކީ ދިވެހިރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ކުރިމަގަށް އުފާވެރި ޚަބަރެއްކަމަށް އެދާއިރާގެ ބޭފުޅުންދެކެއެވެ.
އިތުރު ލިޔުންތައް

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަނީ
6 މަސް ކުރިން
ހެވީ ވެހިކަލަށް ޚާއްސަކޮށްގެން އިންޑަސްޓްރިއަލް ވިލެޖުން ޕާކިން ޖާގައަށް ހުޅުވާލައިފި
6 މަސް ކުރިން
ސީޕްލޭން އޮޕަރޭޝަން ހަރުދަނާކުރަން ސައުދީން އެހީވަނީ
6 މަސް ކުރިން