logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކްލޭޝް އޮފް ދަ ޗެންޕިއަންސް ގެ ގަދަހިފުން ގަމުން ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
4 ފެބްރުއަރީ 2025 - 08:05
ގަމުން ވަނީ ތިމަރަފުށީގެ މައްޗަށް ކާމިޔާބުހޯދާފައި. ފޮޓޯ: އިމޭޖެސް.އެމް.ވީ
ގަމުން ވަނީ ތިމަރަފުށީގެ މައްޗަށް ކާމިޔާބުހޯދާފައި. ފޮޓޯ: އިމޭޖެސް.އެމް.ވީ

ގޯލްޑަން ފުޓްސަލް މުބާރާތުގެ ޒޯން 6 ގެ ފައިނަލުގައި މިދިޔަ އަހަރު ވާދަކުރި ދެޓީމުކަމަށްވާ ތިމަރަފުއްޓާއި ގަމުގެ ކުރިމަތިލުން ގަމުން ކާމިޔާބުކޮށް، ޒޯނު ބުރުގެ ފެށުން ރަނގަޅުކޮށްފިއެވެ. ރޭގައި ކުޅެވުނު ފޯރިގަދަ މިމެޗު ގަމުން ކާމިޔާބުކުރީ 1-0 އިންނެވެ.

މިމުބާރަތުގައި މިދިޔަ އަހަރުގެ ޒޯނުބުރުގެ ފައިނަލުގައިވެސް ގަމުން ވަނީ ތިމަރަފުށީގެ މައްޗަށް ކުރިހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒޯން 6 ގެ ގްރޫޕް ސްޓޭޖުގައި ރޭގައި ކުޅެވުނު ފޯރިގަދަ މިމެޗުގެ ފުރަތަމަ ހާފުނިމުނީ ދެޓީމުންކުރެ އެއްވެސްޓީމަކަށް ގޯލެއް ކާމިޔާބުނުކުރެވިއެވެ. މެޗުގެ ހަމައެކަނި ގޯލު ގަމުން ކާމިޔާބުކުރީ ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައި ތިމަރަފުށީގެ ޑިފެންޑަރު އަތުން ހެދުނު ގޯހަކުން ގަމުގެ އަޖުވަދު އަށް ލިބުނު ހުސްފުރުސަތެއްގައި ލިބުނު ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

މިމެޗުގައި ތިމަރަފުށިން ގިނަ ހަމަލާތަކެއް ގަމުގެ ގޯލާއި އަމާޒުކޮށް ފޮނުވާލިނަމަވެސް ގަމުގެ ކީޕަރުވަނީ ހުޝިޔާރުކަމާއެކު އެހުރިހާ ބޯޅަތަކެއް ހުއްޓުވާފައެވެ. މިމެޗުގެ މޮޅުކުޅުންތެރިކަށްވެސް ހޮވުނީ ގަމުގެ ކީޕަރު މުޙައްމަދު ލުފްސާންއެވެ.

Isdhoo vs Hirilandhoo (1).jpg

އިސްދޫއާި ތިމަރަފުށި ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖެސް.އެމް.ވީ

 

މި ޒޯނުގެ ގްރޫޕް ސްޓޭޖުގައި ރޭގައި  އިސްދޫއިން ވަނީ ތ. އަތޮޅު ރަނަރަޕް ހިރިލަންދޫ 5-3 ގެ ނަތީޖާ ބަލިކޮށްފައެވެ.

މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވާ މެޗުތައް: (4 ފެބުރުވަރީ 2025)

20:00:  ހއ. ދިއްދޫ – ހދ. ނޭކުރެންދޫ (ޒޯން 1)

20:00:  ހއ. ވަށަފަރު – ހދ. ނައިވާދޫ (ޒޯން 1)

------------------------------------------

21:00 ޅ. ކުރެންދޫ – ބ. އޭދަފުށި (ޒޯން 3)

21:00 ކ. މާފުށި – ކ. ކާށިދޫ (ޒޯން 3)

------------------------------------------

22:00 ހުލުމާލެ – ވިލިމާލެ (ޒޯން 8)

22:00 މައްޗަންގޮޅި – މާފަންނު (ޒޯން 8)

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލްޑަން ފުޓްސަލް މުބާރާތް 2026 ގައި ރެޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފިކުޅިވަރު | 5 މަސް ކުރިންރާއްޖޭގެ އާ ފުޓްސަލް ޗެމްޕިއަން ކާށިދޫ އަށް ރަށުން ހޫނު މަރުހަބާ އެއްކުޅިވަރު | 10 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 10 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 10 މަސް ކުރިން