logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ނިކޯ ގޮންޒާލޭޒް މެންޗެސްޓަރ ސިޓީއަށް

އަބްދުﷲ ޣާނިމް
4 ފެބްރުއަރީ 2025 - 10:27
ސިޓީއިން ނިކޯގެ ސޮއި ހޯދުމަށް ޖުމްލަ 60 މިލިޔަން ޔޫރޯ ވަނީ ޚަރަދުކޮށްފައި. ފޮޓޯ: މެންޗެސްޓަރ ސިޓީ
ސިޓީއިން ނިކޯގެ ސޮއި ހޯދުމަށް ޖުމްލަ 60 މިލިޔަން ޔޫރޯ ވަނީ ޚަރަދުކޮށްފައި. ފޮޓޯ: މެންޗެސްޓަރ ސިޓީ

ބާސެލޯނާގެ ލަމާސިޔާ ކުޅުންތެރިއެއްކަމުގައިވާ ނިކޯ ގޮންޒާލޭޒް މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިއެވެ. އެގޮތުން މެންޗެސްޓަރ ސިޓީއިން މިކުޅުންތެރިޔާގެ އެއްބަސްވުން ހަދާފައިވަނީ 2029 ވަނަ އަހަރާއި ހަމަޔަށެވެ.

ޖަނަވަރީ ޓްރާންފަރ މާކެޓްގެ އެންމެ ފަހުދުވަހު މެންޗެސްޓަރ ސިޓީއިން ސޮއިކުރި 23 އަހަރުގެ މިކުޅުންތެރިޔާ 2023 ވަނަ އަހަރުން ފެށިގެން ކުޅެމުންގެންދިޔައީ ޕޯޗުގަލްގެ ޕޯޓޯއަށެވެ. މެންޗެސްޓަރ ސިޓީއިން ނިކޯގެ ސޮއި ހޯދުމަށް ޖުމްލަ 60 މިލިޔަން ޔޫރޯ ވަނީ ޚަރަދުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕޯޓޯގެ މިޑްފީލްޑްގައި މިދިޔަ ދެސީޒަނުގައި މުހިންމު ދައުރެއް އަދާކުރަމުންގެންދިޔަ ނިކޯ ގޮންޒާލޭޒް ވަނީ މިސީޒަނުގައި މިހާތަނަށް 7 ގޯލާއެކު 7 އެސިސްޓް ހަދާފައެވެ.

ބާސެލޯނާގެ ލަމާސިޔާ އެކަޑެމީ އިން ބާސެލޯނާގެ މައި ޓީމަށް 2020 ވަނަ އަހަރު ބަދަލުވުމަށްފަހު ދެއަހަރުދުވަހު ބާސެލޯނާއަށް ކުޅުމަށްފަހު، ލޯނު އެއްބަސްވުމެއްގެ ދަށުން ގޮންޒާލޭޒް ވަނީ އެއް ސީޒަނިގައި ވެލެންސިއާ އަށް ކުޅެފައެވެ. އަދި އޭގެ ފަހުން 2023 ވަނަ އަހަރު 9 މިލިޔަން ޔޫރޯއަށް ޕޯޓޯއއިން އޭނާގެ ސޮއި ހޯދާފައިވާއިރު، ކުޅުންތެރިޔާ ޕޯޓޯއިން އެހެން ކުލަބަކަށް ވިއްކާލާނަމަ %40 ގެ ފީއެއް ދައްކަންޖެހޭގޮތަށް އެއްބަސްވުންހެދިފައިވެއެވެ. އެހެންކަމުން މިޓްރާންސްފަރގެ ދަށުން 20 މިލިޔަން ޔޫރޯ ބާސެލޯނާއަށް ލިބިގެންދާނެއެވެ.

މެންޗެސްޓަރ ސިޓީއިން ފަހަކަށް އައިސް ހޯދަމުންގެންދާ ދަށް ނަތީޖާތަކާއި ގުޅިގެން އެޓީމުން ދަނީ މިޓްރާސްންފަރ މޭކެޓްގައި ގިނަ ކުޅުންތެރިންގެ ސޮއި ހޯދަމުންނެވެ. އެގޮތުން ގޮންޒާލޭޒް އިތުރުން އޮމަރ މަރްމޫޝް އާއި ވިތޯ ރެއިސް އަދި ކުސެނޯވް ގެ ސޮއި ހޯދުމަށް ޖުމްލަ 200 މިލިޔަން ޔޫރޯއަށްވުރެ ބޮޑު އަދަދެއް މެންވެޗްޓަރ ސިޓީއިން މި ޓްރާންސްފަރ މާކެޓްގައި ޚަރަދުކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާމޫޝް އަދި ސަވީނިއޯ 150 މިލިއަން ޕައުންޑަށް ޓޮޓެންހަމަށް ވިއްކާލަން ސިޓީ ތައްޔާރުވެއްޖެކުޅިވަރު | މަހެއް ކުރިންޕްރީމިއަރ ލީގުގެ އެންމެ ކާމިޔާބު އެއްކޯޗު ގާޑިއޯލާ ދޫކޮށްލައި ސިޓީގެ ކޯޗުކަން މަރެސްކާ އާއި ހަވާލުކުރަނީކުޅިވަރު | 4 މަސް ކުރިންއާސެނަލްގެ ސަޕޯޓަރުންނަށް ތައްޔާރުކުރި ހިތިފަތުފެން ސިޓީގެ ސަޕޯޓަރުން ބޮއެފިކުޅިވަރު | 4 މަސް ކުރިންސައުތެމްޕްޓަން ބަލިކޮށް މެންޗެސްޓަރ ސިޓީ އެފްއޭ ކަޕް ފައިނަލަށްކުޅިވަރު | 5 މަސް ކުރިން