ބަޔާރންގެ މަތީސް ޓެލް ޓޮޓްނަމްއަށް، އެސަންސިއޯ ރަޝްފޯޑާއެކު ވިލާއަށް

އެސަންސިއޯ އެސްޓންވިލާ ޖޯޒީގައި.ފޮޓޯ: އެސްޓަންވިލާ

04 ފެބްރުއަރީ 2025 - 10:43
ބަޔާން މިޔުނިކްގެ ފޯވާޑް މަތީސް ޓެލް ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރީމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރސްއަށް ބަދަލުވެއްޖެއެވެ. ހަ މަސްދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓްނަމްއިން ސޮއިކުރި މިކުޅުންތެރިޔާގެ ކޮންޓްރެކްޓް ހަމަވުމުން 55 މިލިޔަން ޑޮލަރު ދީފައި ޓޮޓްނަމްއިން ދާއިމީކޮށް ގަނެވޭނެ މާއްދާއެއް އެއްބަސްވުމުގައި ހިމެނިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މަތީސް ޓެލް ޓޮޓްނަމް ޖޯޒީގައި. ފޮޓޯ: ފަބްރީޒިއޯ
މިއީ މި ޓްރާންސްފަރ މާކެޓްގައި ޓޮޓްނަމްއިން ސޮއިކުރި 3 ވަނަ ކުޅުންތެރިޔާއެވެ. ޓޮޓްނަމްއިންވަނީ މިޖަނަވަރީގައި ކެވިން ޑަންސޯ އާއި އެންޓޮނިން ކިންސްކީގެ ސޮއި ހޯދާފައެވެ. މީގެކުރިން މެންޗެސްޓަރ ޔުނައިޓެޑުންވެސް މަތީސްގެ ސޮއިހޯދަން އުޅުނުނަމަވެސް ބަޔާންއިން ކުޅުންތެރިޔާ ދޫކުރަން އެދިފައިވާ އަގުބޮޑުކަމުން، ޔުނައިޓެޑުވަނީ އެއްފަރާތްވެފައެވެ.
މީގެއިތުރުން ރެއާލް މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ މާރކޯ އެސަންސިއޯވެސް ވަނީ ރަޝްފޯޑާއެކު އެސްޓަންވިލާއަށް ސޮއިކޮށްފައެވެ. ލޯނުއެއްބަސްވުމުގެ ހަ މަސްދުވަހުގެ މުއްދަތަށް އެސަންސިއޯގެ ސޮއި ހޯދާފައިވަނީ ޕީ.އެސް.ޖީއިންނެވެ. އެސްޓަންވިލާ މި ސީޒަނުގައި ޗެންޕިއަންސް ލީގުގައި ގަދަ 8 ގައި ހިމެނިފައިވުމާ އަދި އެޓީމުގެ ފޯވާޑް ޖޯން ޑޫރަން މި ޓްރާންސްފަރ މާކެޓްގައި 77 މިލިޔަނަށް ސަޢޫދީގެ އަލް-ނަޞްރަށް ބަދަލުވެފައިވުމާއެކު އެޓީމުން އަންނަނީ ބޮޑެތި ޚަރަދުތަކެއް ކުރަމުންނެވެ.
އިތުރު ލިޔުންތައް

މި ސީޒަންގެ އެންމެ ފޯމުގައި އޮތް ބާސެލޯނާއިން ބަޔާން މިޔުނިކް ލަދުގަންނަވާލައިފި.
4 މަސް ކުރިން
މުސިއާލާ ގެ ހެޓްރިކާއެކު ބާޔާން މިޔުނިކް ޑީ.އެފް.ޕީ ޕޮކާލްގެ ތިންވަނަ ބުރަށް.
4 މަސް ކުރިން
އެތްލެޓިކޯ މެޑްރިޑް އަތުން ބަލިވެ ޕީ.އެސް.ޖީ ޗެންޕިއަންސް ލީގުން ވަކިވުމާ ގާތަށް
3 މަސް ކުރިން