logo
Bank of Maldives

Bank of Maldives

ޚަބަރު

ވޭޕް ބޭނުންކުރި 12 މީހަކު މިދިޔަ މަހު ޖޫރިމަނާ ކޮށްފި

ހުސައިން ވަސީމް
5 ފެބްރުއަރީ 2025 - 06:44
ވޭޕް ބޭނުންކުރި 12 މީހަކު މިދިޔަ މަހު ޖޫރިމަނާ ކޮށްފި

ވޭޕް ބޭނުންކޮށްގެން މިދިޔަ މަހު 12 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މި ޖޫރިމަނާ ކޮށްފައިވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުއަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން ކަމަށް ފުލުހުންބުނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ ޑިސެމްބަރު މަހު 15 އިން 31 އަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާ ޚިލާފުވި 20 މައްސަލައެއްގައި 17 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ޖެނުއަރީމަހު ޖުމްލަ 14 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުއަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން ވޭޕް ވިއްކާ އަދި ބޭނުންކުރާ މީހުންނަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުނ ްމީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން މެސެޖެއް މެދުވެރިކޮށް ފޮނުވޭނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤަނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ދިނުމާއި ބެހުމާއި އަދި އެކަކު އަނެއްކަކަށް ދޭ ފަރާތްތަކާމެދު ދިވެހިން ފުލުހުންގެ ޚިދުމަތުން ޤާނޫނީ ފިޔަވަޅު އަޅާ ޖޫރިމަނާކުރާނެ ކަމަށެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން 2024 ވަނަ އަހަރުގެ ޑީސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަނީޚަބަރު | 3 ގަޑިއިރު ކުރިން އޭޕްރީލް މަހުގެ ފަހު ހަފްތާގައި 5 ލައްކައަށް ވުރެ ގިނަ ރުފިޔާ ފުލުހުން އަނބުރާ ހޯދައިފިޚަބަރު | 8 ގަޑިއިރު ކުރިންޖަލަށް ފޯނާއި، ޗާޖިން ކޭބަލާއި ކައްޓާ ފަދަތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންތ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި މަސްތުވާތަކެތި ހޯދައިފިޚަބަރު | 3 ދުވަސް ކުރިން