logo
Bank of Maldives

Bank of Maldives

ޚަބަރު

ވޭޕްގެ ޖޫރިމަނާ އިން ދައުލަތަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ

ހުސައިން ވަސީމް
5 ފެބްރުއަރީ 2025 - 08:21
ވޭޕްގެ ޖޫރިމަނާ އިން ދައުލަތަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށުމާއެކު ވޭޕް ބޭނުންކޮށްގެން މިދިޔަ މަހުގެ ނިޔަލަށް ޖޫރިމަނާ ކޮށްގެން ލައްކައަކަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވާކްން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން 2024 ވަނަ އަހަރުގެ ޑީސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވޭޕް ބޭނުން ކޮށްގެން މިދިޔަ ޑިސެމްބަރު މަހު 15 އިން 31 ގެ ނިޔަލަށް 20 މައްސަލައެއްގައި 17 މީހަކު ފުލުހުން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.އަދި ޖެނުއަރީމަހު ޖުމްލަ 14 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާކޮށްފައިވެ އެވެ. ފުލުހުންގެ ތަފާސް ހިސާބު ދައްކާ ގޮތުން މި މުއްދަތުގައި ޖޫރި މަނާ ކޮށްގެން ދައުލަތަށް ގާތްގަނޑަކަށް 130،000 (އެއް ލައްކަ ތިރީސް ހާސް ) އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.

އެގޮތުން ޑިސެމްބަރު މަހު ޖޫރިމަނާ ކޮށްގެން ލިބިފައި ވަނީ 60،000 (ފަސްދޮޅަސް ހާސް ފައްސަތޭކަ) ރުފިޔާއެވެ. އަދި މިދިޔަ މަހު ޖޫރި މަނާގެ ގޮތުގައި 70،000 ރުފިޔާ ލިބިފައިވެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއިރު، އެފަދަ އާލާތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއިރު، އެފަދަ އުފެއްދުމެއް ބޭނުންކޮށްފިނަމަ، 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޝާންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް އެއްވެސް ކުއްޖަކު ނުބުނޭ: ފުލުހުންޚަބަރު | 17 ގަޑިއިރު ކުރިންހޯރަފުށީގައި ބުޅަލެއް މަރާލި މައްސަލަ ފުލުހުން ބަލަނީޚަބަރު | 4 ދުވަސް ކުރިންވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި މީހަކަށް ވަޅިން ހަމަލާދިން މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 4 ދުވަސް ކުރިންރާއްޖެ އަށް ޑްރަގް އެތެރެކުރި ބިދޭސީއަކަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާއި ބޮޑު ޖޫރިމަނާއެއްޚަބަރު | 4 ދުވަސް ކުރިން