logoEN
ކުޅިވަރު

ލޯނު އެއްބަސްވުމެއްގެ ދަށުން ޖޮއާއޯ ފީލިކް އޭސީ މިލާނަށް

ޖޮއާއޯ ފީލިކްސް މި ސިޒަނުގެ ބާކީބައި ކުޅޭނީ އޭސީ މިލާނަށް. ފޮޓޯ؛އޭސީ މިލާން

ޖޮއާއޯ ފީލިކްސް މި ސިޒަނުގެ ބާކީބައި ކުޅޭނީ އޭސީ މިލާނަށް. ފޮޓޯ؛އޭސީ މިލާން

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

05 ފެބްރުއަރީ 2025 - 14:37

ޗެލްސީގެ މިޑްފީލްޑަރު ޖޯއާއޯ ފެލިކްސް އިޓަލީގެ އޭސީ މިލާނަށް 6 މަސް ދުވަހުގެ ލޯނު އެއްބަސްވުމެއްގައި ބަދަލުވުމެއްޖެއެވެ.

ލޯނު އެއްބަސްވުމުގެދަށުން ޗެލްސީއަށް 5 މިލިއަން ޕައުންޑުގެ ލޯނު ފީއެއް ލިބޭނެއެވެ. ނަމަވެސް އަންނަ ސީޒަނުގައި ކުޅުންތެރިޔާ ގަތުމުގެ އެއްވެސް އިލްތިޒާމެއް މިލާނުގެ މައްޗަށް ނޯންނާނެއެވެ.

25 އަހަރުގެ ޕޯޗުގީޒް އިންޓަނޭޝަނަލް ފެލިކްސް މި ސީޒަނުގައި ޕްރިމިއަރ ލީގުގައި ޗެލްސީގެ ފުރަތަމަ 11 ގައި ކުޅެފައިވަނީ އެންމެ ތިން މެޗެވެ. މި ސީޒަނުގައި އޭނާ ވަނީ ޖުމުލަ 7 ލަނޑު ޖަހާފައެވެ.

ފެލިކްސް އޭނާގެ ކެރިއަރު ފެށި ބެންފިކާއިން 2019 ވަނަ އަހަރުގެ ޖުލައި މަހު 113 މިލިއަން ޕައުންޑަށް އެޓްލެޓިކޯ މެޑްރިޑަށް ބަދަލުވިއެވެ. އެއީ އޭރު ފުޓުބޯޅައިގެ ތާރީޚުގައި އެންމެ އަގުބޮޑު ފަސް ޓްރާންސްފަރުގެ ތެރޭގައި ހިމެނުނު މުއާމަލާތެކެވެ. އޭގެ ފަހުން އޭނާ ޗެލްސީ އަދި ބާސެލޯނާގައި ލޯނު އުސޫލުން ކުޅުމަށްފަހު މިދިޔަ އޯގަސްޓު މަހު 45 މިލިއަން ޕައުންޑަށް ޗެލްސީއަށް ދާއިމީކޮށް ބަދަލުވިއެވެ.

މިލާން މިވަގުތު އޮތީ އިޓާލިއަން ލީގުގެ ތާވަލުގެ 8 ވަނައިގައެވެ. މިލާން މި މަހު ކޮޕާ އިޓާލިއާގެ ކުއާޓަރ ފައިނަލްގައި ރޯމާއާ ކުރިމަތިލާނެއެވެ. އަދި ޗެމްޕިއަންސް ލީގުގައި ފެއިނޫޑާ ދެކޮޅަށް ޕްލޭއޮފް މެޗެއްވެސް ކުޅޭނެއެވެ.

ކޮމެންޓް

871x217_placeholder