logo
MPL

MPL

ޚަބަރު

ވިލިނގިލީގައި ދެމައިން މަރުވި މައްސަލަ، ސިއްޚީ ވުޒާރާއިން ބަލަނީ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
6 ފެބްރުއަރީ 2025 - 10:04
ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅުގެ ހޮސްޕިޓަލް --
ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅުގެ ހޮސްޕިޓަލް --

ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގެ އިހުމާލުން ދެމައިން މަރުވި މައްސަލަ ބަލަމުން އަންނަ ކަމަށް ސިއްޚީ ވުޒާރާއިން ބުނެފިއެވެ.

ސިއްޚީ ވުޒާރާއިން އެފަދައިން ބުނީ، ގއ. އަތޮޅު ހޮސްޕިޓަލަށް ވިހެއުމަށް ދިޔަ އަންހެނަކަށް ސިޒޭރިއަން ހެދުން ލަސްވެ ދެމައިން ނިޔާވުމާ ގުޅިގެން އެ ހޮސްޕިޓަލަށް ގިނަ ތުހުމަތުތަކެއް އަމާޒުވެ، ސޯޝަލް މީޑީޔާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެ ދެމައިން ނިޔާވީ ހޮސްޕިޓަލުން ދޭންޖެހޭ ފުރިހަމަ ފަރުވާ ނުދެވި، ލަސްކުރުމުގެ ސަބަބުން ކަމުގައި ބުނެ އެ ރަށުގައި ޢާންމުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، އަންހެންމީހާ ނިޔާވެފައިވަނީ އިތުރު ފަރުވާއަށް މާލެ ގެންދިޔުމަށް އެއާޕޯޓަށް ވެސް ގެންދިޔަ ފަހުންނެވެ. ދަރިފުޅު ނިޔާވީ މާލެ ގެނައި ފަހުންނެވެ.

އެ މައްސަލައާ ގުޅިގެން ސިއްޚީ ވުޒާރާއިން މިއަދު ސޯޝަލް މީޑީޔާއަށް ދޫކުރި މެސެޖެއްގައި ބުނީ، އެފަދަ ކަމެއް ހިނގުމަކީ ވަރަށް ކަންބޮޑުވާ އަދި ދެރަވާ ކަމެއް ކަމަށާއި، އެ މައްސަލަ ފުރިހަމައަށް ބަލައި، ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަަށެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ އަންހެނުންގެ ޚާއްސަ ޑޮކްޓަރަށް ވެސް އެ ރަށުގެ ބަޔަކު ވަނީ އިންޒާރުދީފައެވެ. އެކަމާ ގުޅިގެން އެ ޑޮކްޓަރާއި، އޭނާގެ އާއިލާއާ އެއްކޮށް ވަނީ އެ ރަށުން ބާލާފައެވެ.

އެހެން ނަމަވެސް، އެ މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންސްޕާގެ "މެޑިކަލް ވެލްފެއަރ ސްކީމް"ގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް އާސަންދަގެ ދަށަށްޚަބަރު | 4 މަސް ކުރިންޤައުމީ ޞިއްޙީ ލެބޯޓަރީ އަކީ އެމްއެފްޑީއޭގެ މަސައްކަތްތައް ހަރުދަނާކުރުމަށް މުހިއްމު މަޝްރޫއެއްޚަބަރު | 7 މަސް ކުރިންމިއަހަރުގެ ހެލްތު އެކްސްޕޯ ނޮވެންބަރު މަހު ބާއްވަން ހަމަޖައްސައިފިޚަބަރު | އަހަރެއް ކުރިންކުޑަކުދިންނަށް ދޭ ކޮފްސިރަޕް އެއް މަނާކޮށްފި ޚަބަރު | އަހަރެއް ކުރިން