logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާ އިން ޣައްޒާ "ހިފަން" އެޤައުމުގެ އަސްކަރިއްޔާ ނުފޮނުވާނެ، އެކަން ކުރާނީ އިޒްރޭލުން: ޓްރަމްޕް

ސުދާ ލަތީފް
7 ފެބްރުއަރީ 2025 - 04:23
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާ އިން ޣައްޒާ "ހިފަން" އެޤައުމުގެ އަސްކަރިއްޔާ ނުފޮނުވާނެ ކަމަށާއި، ޣައްޒާ ހިފުމަށް ފަހު އެމެރިކާއާ ހަވާލުކުރާނީ އިޒްރޭލުން ކަމަށް އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެެވެ.

ޣައްޒާ އާރާސްތުކޮށް އަލުން ތަރައްޤީކުރުމުގެ ނަމުގައި ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކަށް ފޮނުވައި، މަގުމަތިކުރުމަށްފަހު ޓްރަމްޕް ބޭނުންވަނީ އެތަނުގައި ބޮޑެތި ރިސޯޓްތަކާއި އަގުބޮޑު ޕްރޮޕަޓީތައް އަޅާށެވެ. ނިރުބަވެރި ޔަހޫދީ އިޒްރޭލުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ވޮޝިންޓަނުގައި ކުރިއަށް ދިޔަ މަޝްވަރާތަކަށްފަހު، ޣައްޒާ ހިފުމުގެ ވާހަކަ އިއުލާންކުރީ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓްރަމްޕް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން ކުރި ޕޯސްޓެއްގައި ޓްރަމްޕް އިތުރަށް ވިދާޅުވީ ހަމަލާތައް ބަދަލުކޮށް ނިންމުމަށްފަހު އިޒްރޭލުން އެތަން އެމެރިކާއާ ހަވާލުކުރާނެކަމަށާއި، އެކަމުގައި އެމެރިކާ ސިފައިން ހަރަކާތްތެރި ނުވާނެކަމުގައެވެ.

އަދި އިޒްރޭލުން އެމެރިކާ އަށް ޣައްޒާ ހަވާލުކޮށް، ދެން އެތަނުގައި ރައްޔިތުން އާބާދުކުރާނީ ޒަމާނީ ގެތަކެއްގައި، ރީތި ކޮމިއުނިޓީތަކެއް ކަމުގައެވެ. އަދި ޣައްޒާގެ ރައްޔިތުން މަގުމަތިވާނީ "ވަގުތީ" ގޮތުންކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ މި ވާހަކަތައް ފަލަސްތީނާއި، އަރަބި ދުނިޔޭގެ ޤައުމުތަކާއި އެމެރިކާ އަށް ވާގިވެރިވާ ހުޅަނގުގެ ޤައުމުތަކުން ވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ހިއުމަން ރައިޓްސް ވޮޗް ފަދަ ޖަމިއްޔާތަކުން ވަނީ މިއީ ނަސްލު ނައްތާލުމުގެ އަމަލެއްކަމަށް ބުނެފައެވެ.

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަކީ ޒަޔަނިސްޓުންގެ އެންމެ އަސާސީ އެއް މަގުސަދުކަމަށްވާއިރު، މިހާރުވެސް ފަލަސްތީނުގެ އެތައް ބިމެއްގައި، ޤަވާއިދާ ޚިލާފަށް ޔަހޫދީން ވަނީ އާބާދުކޮށްފައެވެ. ޓްރަމްޕްގެ މި ނުރައްކާތެރި ޕްލޭނާއެކު ޣައްޒާގެ ވަޒަންވެރިން މަގުމަތިވެ، އެތަނުގައި ގިނަ އަދަދެއްގެ ޔަހޫދީން އާބާދުކުރުމުގެ ބިރުވަނީ ބޮޑުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުލްޙައިގެ އެއްބަސްވުމާ ހިލާފަށް މިއަދުވެސް 3 މީހުން ޝަހީދުކޮށްލައިފި ދުނިޔެ | 2 ދުވަސް ކުރިންރަހީނުން ދޫކުރީ މަޖުބޫރުވެގެން، ބުނީ އަދިވެސް ހައްޔަރުކޮށް އަނިޔާކުރާނެކަމަށްޚަބަރު | 5 ދުވަސް ކުރިންހަމާސްއިން ހުރިހާ އަސީރުން މިނިވަންކޮށްފި ޚަބަރު | 5 ދުވަސް ކުރިންސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕް ރުޅިގަދަވެއްޖެ، ބުނީ ސިޔާސީ ކުރީކަމަށްދުނިޔެ | 7 ދުވަސް ކުރިން