logo
Bank of Maldives

Bank of Maldives

ވިޔަފާރި

ހިއްސާއަކަށް 3.43 ރުފިޔާ ދޭން ހުށަހަޅުމަށް އުރީދޫގެ ބޯޑުން ފާސްކޮށްފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
8 ފެބްރުއަރީ 2025 - 08:08
އުރީދޫ މޯލްޑިވްސްގެ މައި އިމާރަތް -- ފޮޓޯ: ޕީއެސްއެމް
އުރީދޫ މޯލްޑިވްސްގެ މައި އިމާރަތް -- ފޮޓޯ: ޕީއެސްއެމް

އުރީދޫގެ މި އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ހިއްސާއަކަށް 3.43 ރުފިޔާ ދިނުމަށް ހުށަހެޅުމަށް އޫރީދޫގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަންނަ މަހުގެ ތެރޭގައެވެ. އެ ޖަލްސާ ބާއްވާނެ ތާރީޚެއް އަދި އުރީދޫން ހާމަކޮށްފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެ ޖަލްސާގައި ހިއްސާއަކަށް 3.43 ރުފިޔާ ދިނުމަށް އުރީދޫގެ ބޯޑުން ހުށަހަޅާފައިވާއިރު، މިދިޔަ އަހަރު އުރީދުން ވަނީ ހިއްސާއަކަށް 3.27 ރުފިޔާ ބަހަން ފާސްކޮށްފައެވެ. އެއީ އޭގެ ކުރީގެ އަހަރުގެ ފައިދާއިން ބަލާއިރު، މުޅި ޖުމްލަ 484 މިލިއަން ރުފިޔާގެ ހިއްސާއެވެ.

އެހެންކަމުން މި އަހަރު ހިއްސާއެއްގެ ގޮތުގައި ދޭ އަދަދަކީ، މިދިޔަ އަހަރު ހިއްސާގެ ގޮތުގައި ދިން އަދަދަށް ވުރެ، 16 ލާރި އިތުރު އަދަދެކެވެ.

އުރީދޫގެ މި ޖަލްސާގައި، މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މަލީ ބަޔާންތައް ވެސް ފާސްކުރުން އޮންނާނެއެވެ. އެ ބަޔާންތައް ޑިރެކްޓަރުންގެ ބޯޑުން މިހާރު ފާސްކޮށްފައިވާއިރު، އެ މާލީ ހިސާބުތައް ހިމެނޭ އަހަރީ ރިޕޯޓު މި މަހުގެ 21 ވަނަ ދުވަހު އާންމުކުރަން ވަނީ އެކުންފުނިން ނިންމާފައެވެ.

އުރީދޫގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ، ޑިވިޑެންޑް ލިބޭނީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމާ ހަމައަށް ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އަދި އެ ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، މި މަހުގެ 22 ވަނަ ދުވަސް ނިމުމުގެ ކުރިން އާންމުކުރަން ވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުރީދޫ ނޭޝަންގެ "އެޓޯލް އީ-ސްޕޯޓްސް ލީގު 2025" ގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިކުޅިވަރު | 3 މަސް ކުރިންރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025 ފަށައިފިޚަބަރު | 6 މަސް ކުރިންހިއްސާއަކަށް 3.43 ރުފިޔާ ދޭން ހުށަހަޅުމަށް އުރީދޫގެ ބޯޑުން ފާސްކޮށްފިވިޔަފާރި | 7 މަސް ކުރިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫވިޔަފާރި | 8 މަސް ކުރިން