އެފް.އޭ ކަޕް: އޮޅުކޮށްގެން ގެންގުޅުނު މެގުއަރ ނިސްޓެލްރޯއީއަށް ފަހުވަގުތު ދޯކާދީފި

މެގުއަރ ވަނީ ފަހުވަގުތު ގޯލުޖަހައި އޭނާގެ ކުރީގެ ޓީމު މުބާރާތުން ކަޓުވާލާފައި. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑު

08 ފެބްރުއަރީ 2025 - 09:35
އެފްއޭ ކަޕް ޑިފެންޑިންގ ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑް، މުބާރާތުގެ ހަތަރުވަނަ ބުރުގައި ލެސްޓަރ ސިޓީއާ ކުރިމަތިލައި، މެޗުގެ އެންމެ ފަހު ސިކުންތުތަކުގައި ހެރީ މެގުއަރ ޖެހި ލަނޑުން 2-1 އިން މެޗު ކާމިޔާބުކޮށްފިއެވެ.
އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ލެސްޓަރ ސިޓީއިންނެވެ. މިގޯލަކީ ފުރަތަމަ ހާފުގެ ފަހުކޮޅު ބޮބީ ޑި ކޯޑޯވާ-ރީޑް ޖެހި ލަނޑެކެވެ.
ދެވަނަ ހާފުގައި އަލެހާންޑްރޯ ގަނާޗޯ ކުޅެން ނެރުމަށްފަހު ޔުނައިޓެޑްގެ ކުޅުމަށް ބޮޑު ބަދަލެއް އައެވެ. ޔުނައިޓެޑުގެ ފުރަޔަމަ ގޯލުޖެހީ 64 ވަނަ މިނެޓުގައި ކުޅެން ނިކުތް ޖޯޝުއާ ޒަރކްޒީ އޭނާ ދަނޑަށް އެރުމަށްފަހު 4 މިނެޓުތެރޭގައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކައިރިވަމުން ދިޔައިރު ދެ ޓީމުންވެސް ގޯލުޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. ޔުނައިޓެޑު މޮޅުވި ގޯލުޖެހީ މެޗުގެ ފުރިހަމަ ފަނާންޑޭސް ޖެހި ފްރީކިކުން ކުރީގެ ލެސްޓަރ ޑިފެންޑަރު ހެރީ މެގުއައަރ އެވެ.
މެގުއަރ އަށް މެންޗެސްޓަރ ޔުނއިޓެޑުގެ ފުރަތަމަ 11 އިން ޖާގަގެއްލިފައިވަނިކޮށް، އޭނާއަށް އިތުބާރުކޮށް ފުރަތަމަ 11 އިން ޖާގަދިނީ ޔުނައިޓެޑުގެ ކޯޗުކަމުގައި މިސީޒަނުގައި ކުޑަ ދުވަސްކޮޅަކު ހޭދަކުރި، މިހާރުގެ ލެސްޓަރގެ ކޯޗު ނިސްޓެލްރޯއީއެވެ. ނަމަވެސް ފަހުވަގުތު މެގުއަރ ވަނީ ނިސްޓެލްރޯއީ އަށް ދޯކާދީ އޭނާގެ ޓީމު މުބާރާތުން ކަޓުވާލާފައެވެ.
އިތުރު ލިޔުންތައް

ޔޫއޭފާ ޔޫރޮފާލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު ތިންވަނަ މެޗުންވެސް އެއްވަރުވެއްޖެ.
6 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: މެންޗެސްޓަރ ޔުނައިޓެޑް އަށް ކުރިއެރުމެއްނެތް.
6 މަސް ކުރިން
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެންހާގް ވަކިކޮށްފި.
6 މަސް ކުރިން