logo
Bank of Maldives

Bank of Maldives

ދުނިޔެ

ޔަހޫދީންނަށް ހަތިޔާރު ވިއްކުމަށް އެމެރިކާއިން ނިންމައިފި

ސުދާ ލަތީފް
9 ފެބްރުއަރީ 2025 - 05:15
ޔަހޫދީންނަށް ހަތިޔާރު ވިއްކުމަށް އެމެރިކާއިން ނިންމައިފި

ޔަހޫދީ ދައުލަތަށް 7.4 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ނިންމާފައިވާ ކަމަށް އެމެރިކާގެ ސަރުކާރުން އިޢުލާނު ކޮށްފިއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެ ގޮތަށް ނިންމާފައި ވަނީ އިތުރު މައުލޫމާތު ލިބެންދެން ހަތިޔާރު ވިއްކުމުގެ މުއާމަލާތް މަޑު ޖައްސަައިލުމަށް ޤާނޫނުހަދާ މަޖިލީހުގެ މެންބަރަކު އެދިފައި ވަނިކޮށެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނީ އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބޮއިންގ ކޯ ކުންފުނި މެދުވެރި ކޮށް ޔަހޫދީ ދައުލަތަށް 6.75 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

އެމެރިކާއިން ހަތިޔާރު ގަތުމަށް ބޭރު ޤައުމުތަކުން ހުށަހެޅުމެއް ލިބުމުން އެ ހުށަހެޅުން ދިރާސާ ކޮށް ޙުއްދަ ދޭނީ އެމެރިކާގެ ޚާރިޖީ ވުޒާރާއިންނެވެ. އެ ޙުއްދަ ދޭނީ ހުށަހެޅުމާ އެއްގޮތަށް ހަތިޔާރު ވިއްކުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ފުށުއަރާ ކަމެއްތޯ ބަލައި އެމެރިކާގެ ސަލާމަތީ މަސްލަހަތަށް ކުރާނެ އަސަރުތައް ބެލުމަށް ފަހުގައެވެ.

ޤާނޫނުހަދާ މަޖިލީހުގެ ޚާރިޖީ ކޮމިޓީގެ މެންބަރެއް ކަމަށްވާ ގްރެގަރީ މީކްސް ވަނީ ބޮޑެތި ޢަދަދުތަކުން ހަތިޔާރު ވިއްކުމުގެ ކުރިން އެ މުއާމަލާތް ދިރާސާ ކުރުމަށް ޤާނޫނުހަދާ މަޖިލީހަށް ފުރުޞަތު ލިބޭއިރު އެ ގޮތަށް ޢަމަލު ނުކޮށް ވިޔަފާރި މުއާމަލާތައިގެން ކުރިއަށް ދިޔުމަށް ނިންމި ނިންމުމާ މެދު ނުރުހުން ފާޅު ކޮށްފައެެވެ. އޭނާ ވިދާޅުވީ ޔަހޫދީންނަށް ހަތިޔާރު ވިއްކުމާމެދު ހުރި ކަންބޮޑުވުންތަައް ސަރުކާރާ ޙިއްޞާ ކުރަމުން ދިޔަ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މުޢާމަލާތާ ބެހޭ މާ ގިނަ ލިޔެކިޔުންތަކެއް އަދި ތަފްޞީލެއް ސަރުކާރުން ޙިއްޞާ ކޮށްފައި ނުވާކަން ފާހަގަ ކޮށް މީކްސް ވިދާޅުވީ ހަތިޔާރު ވިއްކުމުގެ މުޢާމަލާތް ދިރާސާ ކުރުމުގެ ފުރުޞަތު ޤާނޫނުހަދާ މަޖިލީހަށް ނުދިނުމަކީ ދައުލަތުގެ މައި އެއް ބާރަށް ކުރެވޭ ވަރަށް ބޮޑު ބޭއިޚްތިރާމެއް ކަމަށެވެ. އެމެރިކާގައި އޮންނަނީ ރަސްކަމެއް ނޫން ކަމަށާއި އެ ޤައުަމުގައި އޮންނަނީ ދިމިގުރާތީ ނިޒާމެއް ކަމަށް ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެ ފަދަ ނިޒާމެއްގައި ޤައުމު ހިންގަނީ ކަނޑައެޅިފައިވާ ޤާނޫނުތަކުގެ ތެރެއިން ކަމަށެވެ.

މިއީ ހަތިޔާރު ވިއްކުމުގެ މުއާމަލާތެއް ޤާނޫނުހަދާ މަޖިލީހުގެ ބަހެއް ނުހޯއްދަވާ ޓްރަމްޕް ނިންމަވާފައިވާ ފުރަތަމަ ފަހަރެއް ނޫނެެވެ. އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް އެ ފަދަ ގޮތަކަށް ޢަމަލު ކުރައްވާފައި ވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕް ރުޅިގަދަވެއްޖެ، ބުނީ ސިޔާސީ ކުރީކަމަށްދުނިޔެ | 6 ދުވަސް ކުރިންޓްރަމްޕްގެ އޯޑަރަށް އެމެރިކާގައި ހަނގުރާމައާ ބެހޭ ވުޒާރާ އަލުން އުފައްދައިފި ދުނިޔެ | މަހެއް ކުރިންފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމުވިޔަކަ ނުދޭނަން - ޔަހޫދީން ދުނިޔެ | 2 މަސް ކުރިންޔަހޫދީންގެ ވަރުގަދަ ހަމަލާތަކެއް ޣައްޒާއަށް، ލާ އިންސާނީ ޖަރީމާއަށް ހުއްޓުމެއް ނެތްޚަބަރު | 2 މަސް ކުރިން