ބްރައިޓަން އަތުން ބަލިވެ، ޗެލްސީ އެފް.އޭކަޕުން ކަޓައިފި
9 ފެބްރުއަރީ 2025 - 09:06

ދުނިޔޭގެ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ މުބާރާތްކަމުގައިވާ އެފް.އޭ ކަޕްގެ ރައުންޑް 4 ގައި ޗެލްސީ ބްރައިޓަން އަތުން ބަލިވެ، މުބާރާތާއި އަލްވަދާޢުކިޔައިފިއެވެ. ރޭގެމެޗުން ޗެލްސީ ބަލިވީ 2-1 އިންނެވެ.
މެޗުގައި ފުރަތަމަ ގޯލުޖަހައި ކުރިހޯދީ ޗެލްސީއިންނެވެ. މިއީ މެޗުގެ 5 ވަނަ މިނެޓުގައި ޗެލްސީގެ ޕާމާ ނެގި ހުރަހެއް، ބްރައިޓަންގެ ހޮލެންޑްގެ ކީޕަރު ބަރތް ވަރބްރޫޚެން އަތުގައި ޖެހިފައި ބައިކޮޅަށްވަތް ގޯލެކެވެ. ނަމަވެސް މެޗުގެ 12 ވަނަމިނެޓުގައި ބްރައިޓަންގެ މިޑްފީލްޑަރ ރަޓަރ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަކޮށްދީފައެވެ. ބްރައިޓަން މެޗުން މޮޅުވި ގޯލުޖަހައިދިނީ މެޗުގެ 57 ވަނަ މިނެޓުގައި އެޓީމުގެ ޖަޕާނުގެ ފޯވާޑް މިޓޯމާއެވެ.
.png&w=750&q=75)
Ad by Hajj Corporation
ރޭގެ ބައްޔާއެކު ޗެލްސީ އެފް.އޭ ކަޕާއި އަލްވަދާޢު ކިޔާފައިވާއިރު، މިމުބާރާތުގެ 5 ވަނަ ރައުންޑަށް ނުގޮސް ކެޓި އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ޗެލްސީ މިވަނީ ވެފައެވެ.
މިމުބާރާތުގައި މިރޭ ލިވަރޕޫލް ޕްލައިމައުތް އާއި ދެކޮޅަށް ވާދަކުރާއިރު، އެސްޓަން ވިލާ ވާދަކުރާނީ ޓޮޓްނަމް އާއި ދެކޮޅަށެވެ.


