logo
E-Platinum
ޚަބަރު

ފަލަސްތީނު ރައްޔިތުން ސައުދީއަށް ފޮނުވާލަން ބުނުމުން އެކަން ކުށްވެރިކޮށްފި

އާމިނަތު ޝަފާ
9 ފެބްރުއަރީ 2025 - 09:20
ފަލަސްތީނު ރައްޔިތުން ސައުދީއަށް ފޮނުވާލަން ބުނުމުން އެކަން ކުށްވެރިކޮށްފި

ފަަލަސްތީނުގެ މިނިވަން ދައުލަތް ގާއިމްކުރާނީ ސައުދީ އަރަބިއްޔާގައި ކަމަށް ދޭހަވާ ގޮތަށް ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މިކަން ކުށްވެރިކޮށް ހާރިޖިއްޔާއިން ނެރުނު ބަޔާނުގައިބުނީ އިސްރާއީލުގެ ބޮޑުވަޒީރުގެ މި ބަޔާނަކީ ޒިންމާދާރުކަން ކުޑަ ބަޔާނެއްކަމަށެވެ. އަދި އެ ބަޔާނަކީ ސައުދީ އަރަބިއްޔާގެ ސިޔާދަތަށާއި، ސަލާމަތަށާއި، ސަރަޙައްދީ ހަމަޖެހުމަށް ނުރައްކާވާފަދަ ބަޔާނެއްކަމަށް ދިވެހިރާއްޖެއިން ދެކޭކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި ރާއްޖެއިންވަނީ މި މައްސަލައިގައި ސައުދީ އަރަބިއްޔާއަށް އެއްބާރުލުން ދޭނެކަމަށާއި އަދި މިފަދަ ބަޔާންތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޗާޓަރާ ޚިލާފު ކަމެއްކަން ފާހަގަކޮށްފައެވެ.

މީގެއިތުރުން، 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށްކަމުގައި ބަލައިގެން، ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމްކުރުމުގެ ޙައްޤު ފަލަސްތީނު ރައްޔިތުންނަށް ލިބިގެންވާކަމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ވަކާލާތުކުރުން މިއަދުގެ ބަޔާނުގައިވެސް ވަނީ ތަކުރާރުކޮށްފައެވެ.

ދިވެހި ސަރުކާރުން ބުނެފައިވަނީ މިފަދަ ބަޔާންތަކަކީ ހަމައެކަނި ސައުދީ އަރަބިއްޔާގެ ސިޔާދަތަށް އަރައިގަތުން ނޫންކަމަށާއި، ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށްވެސް އިހުތިރާމުނުކުރާކަމުގެ ހެއްކެއްކަމަށެވެ.
މިފަހުން އެމެރިކާގެ ރައީސް ޓްރަމްޕްވެސް ވަނީ ޣައްޒާއިން ފަލަސްތީނު ރަށްވެހިން ހުސްކޮށް އެތާނގެ މުސްލިމުން މިސްރާއި ލުބުނާނާއި ސީރިއާއަށް ގެންދިއުމަށް ގޮވާލާފައެވެ. އެއާ އެކު އޭނާއަށްވެސް ވަނީ ބޮޑެތި ފާޑުކިޔުންތަކާ ކުރިމަތިލާންޖެހިފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލަތު ދަނީ ގާތުން ބަލަމުން: ފޮރިން މިނިސްޓްރީޚަބަރު | 3 މަސް ކުރިންފަލަސްތީނު ރައްޔިތުން ސައުދީއަށް ފޮނުވާލަން ބުނުމުން އެކަން ކުށްވެރިކޮށްފި ޚަބަރު | 6 މަސް ކުރިންފޮރިން މިނިސްޓަރ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ޔޫ.އޭ.އީ. އަށް ފުރާވަޑައިގެންފިޚަބަރު | 7 މަސް ކުރިންފޮރިން މިނިސްޓަރު ހަލީލް އިންޑިއާއަށް ވަޑައިގެންފިޚަބަރު | 7 މަސް ކުރިން