logo
Bank of Maldives

Bank of Maldives

ޚަބަރު

ރޯދަ މަހު ކެފޭތައް މެންދަމު 3 ޖަހަންދެން ހުޅުވޭނެ، ފިހާރަތައް ހުޅުވޭނީ 1 ޖަހަންދެން

ރަނާ އަޙްމަދު ފަޔާޒް
9 ފެބްރުއަރީ 2025 - 12:13
ފިހާރައެއްގައި މީހަކު ވިޔަފާރިކުރަނީ: ދަންވަރު 1 ޖެހުމާ ހަމައަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ -- ފޮޓޯ: ޓްވިޓާ
ފިހާރައެއްގައި މީހަކު ވިޔަފާރިކުރަނީ: ދަންވަރު 1 ޖެހުމާ ހަމައަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ -- ފޮޓޯ: ޓްވިޓާ

ކުރިއަށް މިއޮށް ރޯދަ މަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ފިހާރަތައް އަދި ކެފޭ ރެސްޓޯރެންޓްތައް ހުޅުވޭ ގަޑިތައް ސަރުކާރުން ކަނޑައަޅައިފިއެވެ.

އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު ކުރި އިއުލާނުގައި ބުނި ގޮތުގައި، މުދާ ވިއްކާ ފިހާރަ ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށެވެ. މީގެއިތުރުން ކެއިން ބުއިމުގެ ޚިދުމަތްދޭ ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުގެ ވަގުތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝައްވާލު މަހުގެ 7 ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދުއެވެ.

އެހެންކަމުން 24 ގަޑިއިރު ހިދުމަތްދޭ ތަންތަނުގައި ވެސް މި ގަވައިދަށް ރޯދަ މަހު އަމަލުކުރުމަށް އެ އިއުލާނުގައި ވަނީ އެދިފައެވެ. މި ގަވައިދަށް އަމަލުކުރަން ފަށާނެ ތާރީހަކީ މި މަހުގެ 15 ވަނަ ދުވަހެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް މި ފަދަ ތަންތަން ހިންގޭނެ ވަގުތުތައް ސަރުކާރުން ގެންދަނީ ކަނޑައަޅަމުންނެވެ. އެގޮތުން މި އަހަރުގެ ރޯދަ މަސް ފެށޭނީ މި އަންނަ މަހުގެ އެއްވަނަ ދުވަހުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދަ މަހު ކެފޭ/ރެސްޓޯރެންޓު ހުޅުވޭ ގަޑިތައް އާންމު ކޮށްފިޚަބަރު | 20 ގަޑިއިރު ކުރިންނ. އަތޮޅުގައި ތަރައްގީކުރާ ޓައުންޝިޕު މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފިޚަބަރު | މަހެއް ކުރިންދިވެހި އުފެއްދުންތައް އަލީބާބާގައި ވިއްކަން ފަށައިފި ޚަބަރު | 2 މަސް ކުރިންފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގަން ރަސްމީކޮށް ހުއްދަ ދީފިޚަބަރު | 2 މަސް ކުރިން