logo
Bank of Maldives

Bank of Maldives

ޚަބަރު

އަމީނީމަގު ހަލާކުވީ ތާރުގަނޑު ނުހިކެނީސް ހުޅުވުމުން

އަޙްމަދު ޒަލީފް
9 ފެބްރުއަރީ 2025 - 15:47
އަމީނީމަގު ހަލާކުވީ ތާރުގަނޑު ނުހިކެނީސް ހުޅުވުމުން

އަމީނީ މަގުގައި އަލުން ތާރައެޅި ސަރަހައްދު ޢާއްމުންނަށް ހުޅުވާލާނީ އެސަރަހައްދުގެ އެސެސްމަންޓްތައް ނިމުމުން ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

އަމީނީ މަގުގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ ތާރަގަނޑުގެ އަޑިގުޑަން ބޮޑުވެ، ހަލާކުވުމުން އެސަރަހައްދުގައި އަލުން ތާރައެޅުމުގެ މަސައްކަތް އާރުޑީސީން ފެށީ މިދިޔަ ޖެނުއަރީމަހުގެ މެދުތެރޭގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

2923 ވަނަ އަހަރު ތާރައެޅި މި ސަރަހައްދު އެހާއަވަހަށް ހަލާކުވާނެ މެދުވެރިވި ސަބަބެއް ކަމުގައި އާރުޑީސީން ބުނެފައިވަނީ އެސަރަހައްދުގައި އަލަށް ތާރަ އެޅުމަށްފަހު ތާރަ ރަނަގަޅަށް ނުހިކެނީސް ޢާއްމުންނަށް އެސަރަހައްދު ހުޅުވާލުމެވެ.

ދައުލަތުން 84 މިލިއަނަށްވުރެ ގިނަ ފައިސާ އަމީނީމަގަށް ޚަރަދުކޮށްފައިވާ އެމަގުގެ ހަލާކުވީ ސަރަހައްދުގެ މަސައްކަތް ނިންމައި އެސަރަހައްދު ޢާއްމުންނަށް ހުޅުވާލީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

އަމީނީ މަގުގައި އަލުން ތާރަ އެޅި ސަރަހައްދުގެ މަސައްކަތް މިހާރު މުޅިން ނިންމާލެވިފައިވާ ކަމަށެވެ. އަދި މިހާރު މަގުގެ އެސެސްމަންޓްތައް ކޮންސްޓްރަކްޝަން މިނިސްޓްރީން ހަދަމުންދާ ކަމަށާއި އެސެސްމަންޓްތައް ނިމި މި ހަފްތާގެ ތެރޭގައި މަގު ހުޅުވާލެވޭނެކަމަށް ލަފާކުރާ ކަމަށް އާރުޑީސީން މަޢުލޫމާތު ދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމީނީމަގުގެ މަރާމާތު ކުރަމުންދާ ބައިގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިންއަމީނީމަގު މަރާމާތުގެ ފުރަތަމަ ސެގްމަންޓްގައި ތާރު އަޅަން ތައްޔާރުވެއްޖެޚަބަރު | 23 ދުވަސް ކުރިންއަމީނީމަގު މަރާމާތު ކުރުމަށް ސާވޭ ކޮށްފިޚަބަރު | 2 މަސް ކުރިންއަމީނީ މަގު ރަނގަޅު ކުުރުމުގެ މަސައްކަތް އަންނަ ހަފުތާ ފަށަނީޚަބަރު | 2 މަސް ކުރިން