logo
Bank of Maldives

Bank of Maldives

ދުނިޔެ

ޣައްޒާ ފޭރިގަނެ ތަރައްޤީ ކުރަން މެދުއިރުމަތީގެ ޤައުމުތަކާ ޙަވާލު ކުރެވިދާނެ: ޓްރަމްޕް

އާމިނަތު ޝަފާ
10 ފެބްރުއަރީ 2025 - 07:51
ޣައްޒާ ފޭރިގަނެ ތަރައްޤީ ކުރަން މެދުއިރުމަތީގެ ޤައުމުތަކާ ޙަވާލު ކުރެވިދާނެ: ޓްރަމްޕް

ޣައްޒާ ފޭރިގަތުމަށްފަހު ތަރައްގީކުރަން މެދުއިރުމަތީގެ ގައުމުތަކާ ހަވާލުކުރަން ވިސްނުންހުރިކަމަށް ދޭހަވާ މޭރުމަކުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަދައްކައިފިއެވެ.

ޣައްޒާ ފޭރިގަތުމަށްފަހު ޣައްޒާގައި ވެރިކަން ކުރަން ތައްޔާރަށް ހުރިކަމަށްވެސް ޓްރަމްޕްވބަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް ޣައްޒާ އާރާސްތުކުރުމަށް އެމެެރިކާގެ ބެލުމުގެ ދަށުން މެދުއިރުމަތީގެ އެހެން ޤައުމުތަކަށް ފުރުސަތު ދެވިދާނެކަމަށާއި އެއާއެކު ހަމާސް ފަލަސްތީނު ބިމުން ފައްސާލާނެކަމަށް ޓްރަމްޕްވަނީ ބުނެފައެވެ.

ޣައްޒާ ފޭރިގަތުމަށް ފަހު، އެއީ އެމެރިކާގެ ބިމަކަށް ހަދައި، ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރު ކުރާނެ ކަމަށްކަމަށް މީގެ ކުރިންވެސް ތަކުރާރުކޮށް ބުނުމާ ގުޅިގެން ޓްރަމްޕަށްވަނީ ފާޑުކިޔުން އަމާޒުވެފަައެވެ.

ޣައްޒާ ހިފަން ބޭނުންވާކަމަށް ޓްރަމްޕް ތަކުރާރުކޮށް ބުނަމުން މި ގެންދަނީ ޔަހޫދީންގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ބޭއްވި ބައްދަލުވުމަށްފަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޣައްޒާ ފޭރިގަތުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބައެއް ޢަރަބި ޤައުމުތަކުގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ޓްރަމްޕް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އުރުދުންގެ ރަސްގެފާނު އަބްދުالله އެމެރިކާގެ ވެރިރަށް ވޮޝިންގޓަނަށް ވަޑައިގަންނަވައި، މާދަމާ ޓްރަމްޕާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާއިރު މިޞްރުގެ ރައީސާއި ސަޢޫދީ ވަލީއަޙުދާ ބައްދަލު ކުރުމަށްވެސް ވަނީ ނިންމާފައެވެ. ނަމަވެސް އަދި ބައަދަލުވުންތައް ބާއްވާ ތާރީހުތައް ސާފެއް ނޫނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕާއި އިސްރާއީލުގެ ދިފާއުގެ އަޑުއުފުލާ ޗާލީ ކަރކް މަރާލައިފިދުނިޔެ | 8 ދުވަސް ކުރިންބްރެޒިލްއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފިޚަބަރު | 11 ދުވަސް ކުރިންއެމެރިކާގެ ހެލްތް އެންޑް ހިއުމަން ސާވިސްގެ ވެރިޔާގެ އިސްތިއުފާއަށް ގޮވާލައި ސިޓީއެއްޚަބަރު | 15 ދުވަސް ކުރިންމަސްކް ސިޔާސީ ޕާޓީއެއް އުފައްދާނެކަން އިއުލާންކޮށްފިދުނިޔެ | 2 މަސް ކުރިން