logo
Bank of Maldives

Bank of Maldives

ދުނިޔެ

ކެލިފޯނިއާގެ އެއާ ބޭސްއަކަށް ބީ-52 މަރުކާގެ ބޮންއަޅާ ބޯޓެއް ވެއްޓި އަށް މީހުން މަރުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ޖޫން 2026 - 03:57
ކެލިފޯނިއާގެ އެއާ ބޭސްއަކަށް ބީ-52 މަރުކާގެ ބޮންއަޅާ ބޯޓެއް ވެއްޓި އަށް މީހުން މަރުވެއްޖެ

އެމެރިކާގެ ކެލިފޯނިއާގެ މޮހާވީ ސަހަރާގައި އޮންނަ އެޑްވާޑްސް އެއާ ފޯސް ބޭސްއިން ހޯމަ ދުވަހު އުދުއްސާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެމެރިކާގެ ވައިގެ ސިފައިންގެ ބީ-52 ސްޓްރެޓޯފޯޓްރެސް ބޮންއަޅާ ބޯޓެއް ވެއްޓި، އޭގައި ތިބި އަށް މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ވައިގެ ސިފައިން ބުނެފިއެވެ.

އެޑްވާޑްސް އެއާ ފޯސް ބޭސްއިން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، "ފުރަތަމަ ލިބުނު މައުލޫމާތުތަކަށް ބަލާއިރު މި ހާދިސާގައި އެއްވެސް މީހަކު ސަލާމަތްވެފައިވާނެ ކަމަށް ނުބެލެވޭ" ކަމަށެވެ. މި ބޯޓު ވެއްޓިފައިވަނީ ލޮސް އެންޖެލެސްގެ އުތުރުން ގާތްގަނޑަކަށް 100 މޭލު ދުރުގައި އޮންނަ އެއާ ބޭސްއިން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، އެ ގައުމުގެ ގަޑިން ހެނދުނު 11:20 ހާއިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާދިސާ ހިނގި ސަރަހައްދުން ފެންނަ މަންޒަރުތަކުން ބޯޓު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ސަހަރާގެ ބޮޑު ސަރަހައްދަކަށް ކަޅު ދުން އަރަމުންދާއިރު، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ދަނީ އެ ސަރަހައްދުގައި މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް، ބޯޓުގައި ތިބި މީހުންގެ ތަފްސީލެއް ނުވަތަ އެ ވަގުތު ބޯޓުގައި އެއްވެސް ހަތިޔާރެއް ހުރިތޯ ވައިގެ ސިފައިން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން އެޑްވާޑްސް އެއާ ފޯސް ބޭސްގެ ރަންވޭ ވަގުތީ ގޮތުން ބަންދުކޮށް، އެތަނަށް ޖައްސަން އައި ބޯޓުތައް ވަނީ އެހެން އެއާޕޯޓްތަކަށް ފޮނުވާލާފައެވެ. މީގެ އިތުރުން، ރިކަވަރީ އޮޕަރޭޝަންތަކަށް ފުރުސަތު ދިނުމުގެ ގޮތުން އާންމުން އެ ސަރަހައްދަށް ވަނުން ވެސް ވަނީ މަނާކޮށްފައެވެ.

އޭވިއޭޝަން ސޭފްޓީ އެކްސްޕާޓް ޖެފް ގުޒެޓީ ވިދާޅުވި ގޮތުގައި، ބޯޓު އުދުއްސާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެއްޓުމަކީ ބޯޓު ކޮންޓްރޯލް ކުރުމުގައި މައްސަލައެއް ދިމާވުން ކަމަށް ވެދާނެއެވެ. "މިއީ ކަނޑައެޅިގެން ކޮންޓްރޯލް ކުރުމުގެ މައްސަލައެއް،" އޭނާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މީގެ ސަބަބަކީ ކޮންޓްރޯލް ސިސްޓަމަށް ދިމާވި މައްސަލައެއް ނުވަތަ އިންޖީނު ފެއިލްވުން ފަދަ ކަމެއް ކަމަށް ވެދާނެއެވެ.

ބޮއިންގް ބީ-52 ސްޓްރެޓޯފޯޓްރެސް އަކީ 1955 ވަނަ އަހަރުން ފެށިގެން އެމެރިކާގެ އަސްކަރިއްޔާގައި ބޭނުންކުރަމުން އަންނަ، ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. މި ހާދިސާއަކީ ފަހުގެ ތާރީޚެއްގައި އެމެރިކާގެ ވައިގެ ސިފައިންނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއް އެކްސިޑެންޓަށް ވާއިރު، މިކަން ތަހުގީގު ކުރުމަށް މިލިޓަރީގެ ޚާއްސަ ޓީމަކުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެލިފޯނިއާގެ އެއާ ބޭސްއަކަށް ބީ-52 މަރުކާގެ ބޮންއަޅާ ބޯޓެއް ވެއްޓި އަށް މީހުން މަރުވެއްޖެ ދުނިޔެ | ގަޑިއިރެއް ކުރިންއެމެރިކާއާއި އީރާނުގެ އެއްބަސްވުމަށް 17 ގައުމަކުން މަރުހަބާ ކިޔައިފިދުނިޔެ | ގަޑިއިރެއް ކުރިންއެޑޮޕްޓްކުރި 13 މަހުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކޮށް މަރާލި ޓީޗަރެއްގެ މައްޗަށް ކުށް ސާބިތުވެއްޖެދުނިޔެ | 13 ގަޑިއިރު ކުރިންނައިޖީރިއާގެ ރިޓަޔާޑް ޖެނެރަލް އަބޫބަކުރު ރަހީނުކޮށްފައި ހުއްޓާ މަރުވެއްޖެދުނިޔެ | 3 ދުވަސް ކުރިން