logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާއާއި އީރާނުގެ އެއްބަސްވުމަށް 17 ގައުމަކުން މަރުހަބާ ކިޔައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ޖޫން 2026 - 03:45
އެމެރިކާއާއި އީރާނުގެ އެއްބަސްވުމަށް 17 ގައުމަކުން މަރުހަބާ ކިޔައިފި

އެމެރިކާއާއި އީރާނާ ދެމެދު ވެވުނު ފަހުމުނާމާއަށް ދުނިޔޭގެ 17 ގައުމަކުން ހޯމަ ދުވަހު މަރުހަބާ ކިޔައިފިއެވެ.

މި ގައުމުތަކުން ސިފަކުރި ގޮތުގައި މިއީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށާއި ދުނިޔޭގެ އިގްތިސާދަށް އެހީތެރިވުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، "މިއީ ސަރަހައްދީ ހަމަޖެހުން އަލުން ގާއިމުކުރުމަށާއި ދުނިޔޭގެ އިގްތިސާދު ހަމަޖެއްސުމަށް ލިބުނު ފުރުސަތުގެ ވަގުތެއް" ކަމަށެވެ. މި ބަޔާނުގައި ފަހުން އިތުރު 13 ގައުމަކުން ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ޖަޕާން، ކެނެޑާ، އޮސްޓްރޭލިއާ އަދި ޔޫރަޕްގެ ބައެއް ގައުމުތައް ހިމެނެއެވެ.

މި ގައުމުތަކުން ވަނީ އެމެރިކާއާއި އީރާނުގެ އިތުރުން، މިކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނާއި ގަތަރަށް ޝުކުރު އަދާކޮށްފައެވެ. އަދި މި އެއްބަސްވުމުގެ ތަފްސީލީ މަޝްވަރާތައް އަވަހަށް ނިންމައި، ފުރިހަމަ ގޮތެއްގައި އަމަލުކުރަން ފެށުމަށް ލީޑަރުން ބާރުއެޅުއްވިއެވެ. މީގެ އިތުރުން، ހޯރްމުޒް ކަނޑުއޮޅި ވަގުތުން ހުޅުވާލައި، އެއްވެސް ހުރަހެއް ނެތި އުޅަނދުފަހަރަށް ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އީރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް އުފައްދައިގެން ނުވާނެ ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކަށަވަރުކުރެވޭ ފަދަ ފިޔަވަޅުތަކެއް އެ ގައުމުން އެޅުމުން، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ތައްޔާރަށް ތިބި ކަމަށް ވެސް ގައުމުތަކުން ހާމަކުރިއެވެ. މީގެ އިތުރުން، ލުބުނާނުގެ މިނިވަންކަމާއި ހަމަޖެހުމަށް ތާއީދުކުރާކަން ވެސް މި ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ.

މި ސަރަހައްދުގެ މަސްލަހަތު ގޯސްވީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތަކެއްގައި 3،000 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެންނެވެ. އޭގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ ގަލްފްގެ ގައުމުތަކަށާއި އިސްރާއީލަށް ހަމަލާދީ، ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރުން ހަނިކޮށްފައެވެ.

ޕާކިސްތާނުގެ މެދުވެރިވުމާއެކު އެމެރިކާއާއި އީރާނުން ވަގުތީ ސުލްހައަކަށް އައީ އޭޕްރީލް 8 ގައެވެ. މިހާރު އިއުލާނުކޮށްފައިވާ އޮނިގަނޑު އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 19 ވަނަ ދުވަހު ސްވިޒަލޭންޑުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެލިފޯނިއާގެ އެއާ ބޭސްއަކަށް ބީ-52 މަރުކާގެ ބޮންއަޅާ ބޯޓެއް ވެއްޓި އަށް މީހުން މަރުވެއްޖެ ދުނިޔެ | ގަޑިއިރެއް ކުރިންއެމެރިކާއާއި އީރާނުގެ އެއްބަސްވުމަށް 17 ގައުމަކުން މަރުހަބާ ކިޔައިފިދުނިޔެ | ގަޑިއިރެއް ކުރިންއެޑޮޕްޓްކުރި 13 މަހުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކޮށް މަރާލި ޓީޗަރެއްގެ މައްޗަށް ކުށް ސާބިތުވެއްޖެދުނިޔެ | 13 ގަޑިއިރު ކުރިންނައިޖީރިއާގެ ރިޓަޔާޑް ޖެނެރަލް އަބޫބަކުރު ރަހީނުކޮށްފައި ހުއްޓާ މަރުވެއްޖެދުނިޔެ | 3 ދުވަސް ކުރިން