logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިޔާއަށް

ސުދާ ލަތީފް
10 ފެބްރުއަރީ 2025 - 13:34
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މަޖިލިސް ރައީސްގެ މި ދަތުރުފުޅަކީ އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެކަމަށްވާ ލޮކް ސަބާގެ ރައީސްއާއި ޤާނޫނު ހަދާ މަޖިލީހުގެ މަތިގެކަމަށްވާ ރާޖްޔަ ސަބާގެ ޗެއަރމަންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ މި ދަތުރުފުޅުގައި ލޮކް ސަބާގެ ރައީސްގެ އިތުރުން، އިންޑިޔާގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއަރމަންއާ މަޖިލީހުގެ ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އިންޑިޔާ ސަރުކާރުގެ ބައެއް އިސްވެރިންނާއިވެސް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާކަމަށް މަޖިލީހުން ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި މަޖިލިސް ރައީސާއެކު ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއާއި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދާއި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދާއި ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބްގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ބައިވެރިވެވަޑައިގަންނަވައެވެ.

Ad by Hajj Corporation

Ad by Hajj Corporation


މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އަބްދުއްރަހީމްވަނީ އެމަނިކުފާނު މިއަދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވާތީ މިއަދުން ފެށިގެން މަޖިލީހުގެ ރިޔާސަތާ ހަވާލުވާނީ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްކަން އިއުލާނުކުރައްވާފައެވެ.

މިއީ އިންޑިއާއިން އަވަށްޓެރި ގައުމުތަކަށް އިސްކަން ދިނުމަށް ގެންގުޅޭ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރާ ދަތުރެކެވެ.

ހަތަރު ދުވަހުގެ މި ދަތުރުފުޅަކީ މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަބްދުއްރަހީމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުޤަވާއިދުން ޕޭމަންޓް ސިސްޓަމެއް ހިންގައިފިނަމަ ބޮޑު ޖޫރިމަނާއެއް ޚަބަރު | މަހެއް ކުރިން"ކެމްޕޭނުގެ ޖަލްސާތަކުގައި ހުރި "ހުސް ގޮނޑިއަކީ" މަޖިލިސް ރައީސްއަށް ބެހެއްޓި ގޮނޑިއެއް"ޚަބަރު | 5 މަސް ކުރިންރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް އުޒްބަކިސްތާނަށްޚަބަރު | 5 މަސް ކުރިންރައީސްގެ ދަރިކަލުންނާ ގުޅުވާ ދެއްކި ވާހަކަތައް ބަލާ ފިޔަވަޅުއެޅުމަށް މަޖިލިސް ރައީސް ގޮވާލައްވައިފިޚަބަރު | 6 މަސް ކުރިން