logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީއަކީ ވޯޓުން ބަލިވީމަ، ކޯޓުން ނަތީޖާ ނެރޭ ބައެއް ނޫން: އަބްދުއްރަހީމް

އައިޝަތު ނަޝާ
7 މޭ 2026 - 17:05
ޕީއެންސީއަކީ ވޯޓުން ބަލިވީމަ، ކޯޓުން ނަތީޖާ ނެރޭ ބައެއް ނޫން: އަބްދުއްރަހީމް

ޕީއެންސީއަކީ ވޯޓުން ބަލިވީމަ،ކޯޓުން ނަތީޖާ ނެރޭ ބައެއް ނޫން ކަމަށާއި،އެ ޕާޓިއަކީ ރައްޔިތުންގެ ނިންމުން ބަލައިގަނެ، އެެއަށް އިހުތިރާމްކޮށް، ރައްޔިތުންގެ ވިންދާ ރޫހާއި އެއްގޮތަށް ކުރިއަށް އޮތްތަން ރާވަން އެނގޭ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބުގައި ހިމަންދޫ ކޮންގްރެސް ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރަން ޕާޓީ ހަރުގޭގައި ކުރިއަށްގެންދާ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، މިއީ މާޔޫސްވާންވީ ވަގުތު ނޫން ކަމަށާއި، މިއީ އުއްމީދު އާކޮށް، ހިތްވަރާއެކު ނުކުންނަންވީ ވަގުތު ކަމަށެވެ. އަދި 2028 ރައީސް ޑރ. މުއިއްޒުއާއެކު ކާމިޔާބު ކުރުމަށް އަޒުމް އާކޮށް، ކަމަރު ބަންނަންވީ ވަގުތު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މަގުތައް މަތިންނާއި ކަންކަން މަތިން ހެއްލެންވީ ވަގުތެއް ނޫނޭ މިއީ، އެ ވާހަކަތަކަށް ރައްދު ދޭނީ އަޅުގަނޑުމެން އަމަލާއި ބަހުންނޭ. ނަތިޖާ ނެރެގެންނޭ. އަޅުގަނޑުމެންގެ ފިކުރަކީ ގައުމީ ފިކުރު، އަޅުގަނޑުމެންގެ ފިކުރަކީ ތަރައްގީގެ ފިކުރު، އަޅުގަނޑުމެންގެ ފިކުރަކީ އެއްބައިވަންތަކަމުގެ ފިކުރު، އަޅުގަނޑުމެންގެ ފިކުރަކީ ސުލްހަމަސްލަހަތުގެ ފިކުރު،" އަބްދުއްރަހީމް އަބްދުﷲ

އެހެންކަމުން މަގުމަތިންނާއި ކަންކަންމަތިން ދައްކާ ވާހަކަ އަޑުއަހާނެ ކަމެއް ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، މި ގައުމުގައި އެއް ޕާޓިއަށްވުރެ ގިނަ ޕާޓީ، އެކުލެވޭ ވެރިކަންތައް މިހިސާބަށް އައިިއިރު ކުރަމުން އައި ގޮތް ފެނިފައިވާ ކަމަށާއި، މިއީ މަލްޓިޕާޓިގެ ޑިމޮކްރެސީއެއްގައި ވެރިކަން ކުރާ ފުރަތަމަ ޕާޓީއެއް ނޫން ކަަމަށެވެ.

އިންތިހާބު ނިމުނުރޭ ނަތީޖާއާއެކު ރައީސުލްުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ ބަސް އަޑު އަހައިފައިމޭ، ރައްޔިތުންގެ ނަތީޖާ ގަބޫލުކޮށްފީމޭ. ބަދަލު ގެންނަން ޖެހޭ ކަންކަމަށް ބަދަލު ގެންނަން މިހުރީ ތައްޔާރަށޭ. ބަދަލުތަކާއި އެކީގައި ރައްޔިތުންގެ ބަސް އަހައިގެން ރައްޔިތުން ރޫހާއި، ރައްޔިތުންގެ ވިންދާ އެކީގައި ކުރިއަށް ވަޑައިގަންނަވާނޭ." އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް ވިދާޅުވީ، މިހާރުވެސް ބަދަލުތައް އެމަނިކުފާނު ގެންނަވަމުންދާ ކަމަށާއި ކުރަންވީ ކަމަކީ އެމަނިކުފާނާއި އެކީގައި ސާބިތުވެ ތިބެންވީ ކަމަށެވެ. އަދި 2028 ޕީއެންސީއަށް، ރައީސް ޑރ. މުއިއްޒަށް، ކާމިޔާބުކޮށްދިނުމަށްޓަކައި ރުކުރުވާލަންވީ ކަމަށާއި، ޕީއެންސީގެ ފިކުރުގެ އެންމެން މިކަމުގައި ކަމަރު ބަންނަންވީ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މި ގައުމު ހަލަބޮލި ކުރަން ޖާގަ ނުދޭންވީ ކަމަށާއި، ދެން ވެރިކަމަށް އަންނަން އުޅޭ މީހުން، ވެރިކަމަށް އައުމުން ދެން ވެގެންދާނެ ގޮތް އެނގޭ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީއަކީ ވޯޓުން ބަލިވީމަ، ކޯޓުން ނަތީޖާ ނެރޭ ބައެއް ނޫން: އަބްދުއްރަހީމްޚަބަރު | ގަޑިއިރެއް ކުރިންރައްޔިތުންގެ މަޖިލީހުގެ ރައީސް ސަޢޫދީއަށް ފުރާވަޑައިގެންފިޚަބަރު | 4 މަސް ކުރިންގްލޯބަލް ސުމޫދު ފްލޮޓިލާގެ ވަފުދު، ފޮރިން މިނިސްޓަރާއި މަޖިލިސް ރައީސް އާ ބައްދަލުކޮށްފިޚަބަރު | 4 މަސް ކުރިންމަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެއަށްޚަބަރު | 6 މަސް ކުރިން