logoEN
ޚަބަރު

އެސްޓީއޯ ފާމަސީތަކުގެ ސްޓޮކް ބެލޭނެ އެކްސެސް ޑޮކްޓަރުންނަށް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

10 ފެބްރުއަރީ 2025 - 16:37

އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މަޢުލޫމާތު ވަގުތުން ބެލޭނެގޮތަށް، ޑޮކްޓަރުންނަށް ޚާއްޞަކޮށްގެން އޮންލައިން ޕްލެޓްފޯމްއެއް ގާއިމްކުރުމަށް އެސްޓީއޯއިން ނިންމައިފިއެވެ.

އެގޮތުން، ޑޮކްޓަރުންނަށް އެސްޓީއޯގެ ފާމަސީތަކުގެ ސްޓޮކުގައި ހުންނަ ބޭސްތައް ވަގުތުން ބެލޭނެ އިންތިޒާމު ހަމަޖެހުމުން ބޭސް ސިޓީގައި ހުންނަ ބޭސްތައް ނުލިބިގެން ޢާއްމުން އުފުލާ އުނދަގޫތަކަށް ހައްލެއް ލިބިގެންދާނެއެވެ.

މި އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވަނީ އެސްޓީއޯ އާއި، މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގުޅިގެން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުމަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާމެދު ހުރިހާ ފަރާތްތަކުން ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، އެކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި، ފަސޭހަކަމާއެކު ބޭސް ލިބޭނެ ނިޒާމެއް ޤާއިމުކުރުމަށް ގޮތްތަކެއް ނިންމުމަށް ބޭއްވުނު ބައްދަލުވުމެއް ކަމުގައި އެސްޓީއޯއިން ބުނެއެވެ.

ކޮމެންޓް

871x217_placeholder