logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕްލިމައުތް އެފް.އޭ ކަޕްގެ ފަސްވަނަ ބުރުގައި މެންޗެސްޓަރ ސިޓީއާ ކުރިމަތިލާން ޖެހިއްޖެ

އަބްދުﷲ ޣާނިމް
11 ފެބްރުއަރީ 2025 - 08:00
ޕްލައިމައުތް އިން ވަނީ ވަރުގަދަ ލިވަރޕޫލް މުބާރާޓުން ކަޓުވާލާފައި. ފޮޓޯ: ޕްލައިމައުތް
ޕްލައިމައުތް އިން ވަނީ ވަރުގަދަ ލިވަރޕޫލް މުބާރާޓުން ކަޓުވާލާފައި. ފޮޓޯ: ޕްލައިމައުތް

ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް ލިވަރޕޫލް ބަލިކޮށް އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުން ޖާގަހޯދި ޕްލިމަތު އާގައިލްއަށް ފަސްވަނަ ބުރުގައި މެންޗެސްޓަރ ސިޓީއާ ކުރިމަތިލާންޖެހިއްޖެއެވެ. މި މެޗު ކުޅެވޭނީ އެތިހާދު ސްޓޭޑިއަމްގައެވެ.

ޗެމްޕިއަންޝިޕްގެފުލުގައި އޮތް ޕްލިމަތު އާގައިލްއިން ލިވަރޕޫލް ބަލިކުރީ ރަޔަން ހާޑީގެ ޕެނަލްޓީ ގޯލަކުންނެވެ. މިއީ 2006-07 ވަނަ އަހަރުގެ ފަހުން އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް އާގައިލް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެފް،އޭ ކަޕްގެ ހަތަރުވަނަ ބުރުގައި ޕްލައިމައުތުން ވަނީ ޕްރިމިއަރ ލީގުގެ ބްރެންޓްފޯޑްވެސް ބަލިކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަސްވަނަ ބުރުގެ ގުރުއަތުން ޑިފެންޑިންގ ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑަށް ވަނީ ފުލްހަމްއާ ދެކޮޅަށް އޯލްޑް ޓްރެފަޑްގައި ކުޅެން ޖެހިފައެވެ. މީގެ އިތުރުން ޕްރިމިއަރ ލީގުގެ ތިން ޓީމު ބައްދަލުކުރާއިރު، ނިއުކާސަލް ޔުނައިޓެޑް ބްރައިޓަންއާ ކުރިމަތިލާނެއެވެ. އަދި ބޯންމަތު އަދި ވޯލްވްސް ވައިޓެލިޓީ ސްޓޭޑިއަމްގައި ބައްދަލުކުރާނެއެވެ.

އާދީއްތަ ދުވަހު ޓޮޓެންހަމް ބަލިކުރި އެސްޓަން ވިލާ، ޗެމްޕިއަންޝިޕްގެ ޓީމު ކާޑިފް ސިޓީއާ ބައްދަލުކުރާނެއެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

އެފްއޭ ކަޕްގެ ފަސްވަނަ ބުރުގެ މެޗުތައް ކުޅޭނީ މާރިޗު މަހުގެ 1 އަދި 2 ވަނަ ދުވަހުގެ ހަފްތާ ބަންދުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާމޫޝް އަދި ސަވީނިއޯ 150 މިލިއަން ޕައުންޑަށް ޓޮޓެންހަމަށް ވިއްކާލަން ސިޓީ ތައްޔާރުވެއްޖެކުޅިވަރު | މަހެއް ކުރިންޕްރީމިއަރ ލީގުގެ އެންމެ ކާމިޔާބު އެއްކޯޗު ގާޑިއޯލާ ދޫކޮށްލައި ސިޓީގެ ކޯޗުކަން މަރެސްކާ އާއި ހަވާލުކުރަނީކުޅިވަރު | 4 މަސް ކުރިންސެމެންޔޯގެ ލަނޑުން ޗެލްސީ ބަލިކޮށް މެންޗެސްޓަރ ސިޓީއިން ސީޒަނުގެ ދެވަނަ ތަށި އުފުލާލައިފިކުޅިވަރު | 4 މަސް ކުރިންއާސެނަލްގެ ސަޕޯޓަރުންނަށް ތައްޔާރުކުރި ހިތިފަތުފެން ސިޓީގެ ސަޕޯޓަރުން ބޮއެފިކުޅިވަރު | 5 މަސް ކުރިން