logo
ޚަބަރު

ފަނޑިޔާރަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަދުލަށް އިންސާފުލިބުން : އުއްތަމަ ފަނޑިޔާރު

ރަނާ އަޙްމަދު ފަޔާޒް
11 ފެބްރުއަރީ 2025 - 16:45
 އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން -- ފޮޓޯ: ރައީސް އޮފީސް
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން -- ފޮޓޯ: ރައީސް އޮފީސް

ފަނޑިޔާރަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަދުލަށް އިންސާފުލިބުން ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވީ މިރޭ ގަޟާއީ އަހަރު 2025 އިފަތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުން އެންމެހައި ނިންމުންތަކެއް ނިންމަވަނީ އެއްވެސް ބިރެއް އަދި ފަސްޖެހުމެއް ނެތިކަމަށާއި، ފަނޑިޔާރުން ނިންމުންތައް ނިންމަނީ އެކަން ކުރަން ލާޒިމްކުރެވިފައިވާ ގޮތަށް ކަމަށެވެ. އަދި ނިންމަން ކިތަންމެ އުނދަގޫ ނިންމުންތަކެއް ކަމުގައިވީ ނަމަވެސް ނުވަތަ މަގުބޫލު ނޫން ނިންމުންތަކެއް ކަމުގައިވީ ނަމަވެސް އެއްވެސް ވަރަކަށް އެކަންތައް ކުރުމުގައި ފަސްޖެހިވަޑައި ނުގަންނަވާ ކުރައްވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

މިކަން ކުރެވޭނީ އިންތިހާއަށް ހިކުމަތްތެރި ވެގެން . ފަރުވާތެރި ވެގެން . ކަމަށް ކަމޭ ހިތައިގެން. އަދި ކެތްތެރިވެގެން. ފަނޑިޔާރުން އެ ނިންމުންތައް ނިންމަވަނީ އެއްވެސް ބިރެއްނެތި ކުޑަ ވެސް ފަސްޖެހުމެއްނެތި ފަނޑިޔާރުންގެ މައްޗަށް އެކަން ކުރުމަށް ލާޒިމް ކުރެވިފައިވާ ގޮތުގެ މަތިން . މި ނިންމުންތަކަކީ އުނދަގޫ ނިންމުންތަކެއް ކަމުގައި ވީ ނަމަވެސް ނުވަތަ މަގްބޫލު ނޫން ނިނަމުންތަކެއް ކަމުގައި ވީ ނަމަވެސް އާދެ އެއްވެސް ވަރަކަށް އެކަން ކުރުމުގައި ފަސްޖެހިވަަޑައިގަތުމެއް ނެތި. މިގޮތަށް އަމަލުކުރުމަގައި ފަނޑިޔާރުން އެ ދައްކަވަނީ ފަނޑިޔާރުން ހުވާކޮށްގެން ތިބި ވާޖިބަށް ވަފާތެރި ވާކަން.

މީގެއިތުރުން ވެސް އުއްތަމަ ފަނޑިޔާރުގެ ދެއްކެވި ވާހަކަފުޅުގައި ވަނީ ވޭތުވެދިޔަ އަހަރު ސުޕީރިއޯ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުން ކޮށްފައިވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވާފައިި އެ ކޯޓުތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި ޖުޑިޝަރީގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ލިބޭނެ ކަމަށް އުންމީދުކުރާކަމުގައި ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗީފް ޖަސްޓިސް ރިޓަޔާޑް، މުއުތަސިމް އަދްނާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވައިފި ޚަބަރު | 2 މަސް ކުރިންއުއްތަމަ ފަނޑިޔާރަށް ރިޓަޔަރ ވުމުގެ ފުރުޞަތު ދިނުމަށް ޖޭއެސްސީން ނިންމައިފި ޚަބަރު | 2 މަސް ކުރިންއުއްތަމަ ފަނޑިޔާރާ ނާޒިމް ބައްދަލުކުރި ކަމަށްބުނެ ޔާމީން ދައްކެވި ވާހަކަތައް ސުޕްރީމް ކޯޓުން ދޮގުކޮށްފިޚަބަރު | 6 މަސް ކުރިންފަނޑިޔާރަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަދުލަށް އިންސާފުލިބުން : އުއްތަމަ ފަނޑިޔާރުޚަބަރު | 7 މަސް ކުރިން