logo
E-Platinum
ޚަބަރު

އުއްތަމަ ފަނޑިޔާރަށް ރިޓަޔަރ ވުމުގެ ފުރުޞަތު ދިނުމަށް ޖޭއެސްސީން ނިންމައިފި

އަޙްމަދު ޒަލީފް
17 ޖުލައި 2025 - 12:11
އުއްތަމަ ފަނޑިޔާރަށް ރިޓަޔަރ ވުމުގެ ފުރުޞަތު ދިނުމަށް ޖޭއެސްސީން ނިންމައިފި

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާން އެ މަޤާމުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރެއްވުމުގެ ފުރުސަތު ދެއްވަން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމަވައިފިއެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔާވެ ވަޑައިގަތުމަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުއެވެ. އެ މަނިކުފާނަށް އެ ފުރުސަތު ދެއްވުމަށް ނިންމަވާފައިވާކަން ޖޭއެސްސީން ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ. ޖޭއެސްސީން ވިދާޅުވީ އެކަމުގެ މަޢުލޫމާތު އަންނަ ހަފްތާގައި އާންމުކުރައްވާނެކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛު އަޙްމަދު މުއުތަސިމް އަދުނާން އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭގެ ކުރިން އެ މަނިކުފާނު ވަނީ 2009އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.

މީގެ އިތުރުން، އަޙްމަދު މުޢުތަޞިމް ޢަދުނާން، 1994 އިން 2001 ގެ ނިޔަލަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ ވަޒީފާ އަދާކުރެއްވިއެވެ. 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ޑީން އެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗީފް ޖަސްޓިސް ރިޓަޔާޑް، މުއުތަސިމް އަދްނާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވައިފި ޚަބަރު | 2 ދުވަސް ކުރިންއުއްތަމަ ފަނޑިޔާރަށް ރިޓަޔަރ ވުމުގެ ފުރުޞަތު ދިނުމަށް ޖޭއެސްސީން ނިންމައިފި ޚަބަރު | 12 ދުވަސް ކުރިންއުއްތަމަ ފަނޑިޔާރާ ނާޒިމް ބައްދަލުކުރި ކަމަށްބުނެ ޔާމީން ދައްކެވި ވާހަކަތައް ސުޕްރީމް ކޯޓުން ދޮގުކޮށްފިޚަބަރު | 5 މަސް ކުރިންފަނޑިޔާރަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަދުލަށް އިންސާފުލިބުން : އުއްތަމަ ފަނޑިޔާރުޚަބަރު | 6 މަސް ކުރިން