logo
Bank of Maldives

Bank of Maldives

ޚަބަރު

ޗީފް ޖަސްޓިސް ރިޓަޔާޑް، މުއުތަސިމް އަދްނާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވައިފި

ޝަހްޒާ މުހައްމަދު
27 ޖުލައި 2025 - 03:59
ޗީފް ޖަސްޓިސް ރިޓަޔާޑް، މުއުތަސިމް އަދްނާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވައިފި

ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛް އަޙްމަދު މުއުތަޞިމް ޢަދުނާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން، ރައީސުލްޖުމްހޫރިއްޔާ އަރުވައިފިއެވެ.

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި މި އިއްޒަތް މިއަހަރު ތިން ބޭފުޅަކަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން އެ ލަގަބު އެރުއްވި އެއް ބޭފުޅަކީ، މިމަހު ރިޓަޔާކުރެއްވި އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛް އަޙްމަދު މުއުތަޞިމް ޢަދުނާނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނުވަނީ، ރާއްޖޭގެ ޝަރުޢީ ދާއިރާއަށާއި ގާނޫނީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށާއި، ޝަރުޢީ ދާއިރާގެ ކަންކަން ހަރުދަނާކުރެއްވުމަށާއި، ރާއްޖޭގެ ޚާރިޖީ ދާއިރާއާ ގުޅޭ ކަންކަމުގައި ގާނޫނީ ގޮތުން ދެއްވަންޖެހޭ ލަފާދެއްވާ، ގިނަގުނަ ޚިދުމަތްތަކެއްކުރައްވާފައެވެ. ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައި ވަނީ އެ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

މުއުތަސިމް ވަނީ އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ނުވަ އަހަރާއި ހަތް މަހާއި 12 ދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރައްވާފައެވެ.

މުއުތަސިމް އުއްތަމަ ފަނޑިޔާރު ކަމަށް ވަޑައިގަތީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ޑިސެންބަރު 8، 2019ގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނގުރާމައިގެ ވިލާގަނޑު ދަށުވެ ދުނިޔެ ދަތިކަމުގައި، ރާއްޖޭގެ ހަމަޖެހުމަކީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާރިޕޯޓް | 6 ގަޑިއިރު ކުރިންމޭޔަރު އާޒިމަށް ހަމަލާދިނުން، ސަރުކާރާ އެއްވެސް ގުޅުމެއް ނެތް!ޚަބަރު | ދުވަހެއް ކުރިންޑިޖިޓަލް ތަރައްޤީގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރު ކުރުމަށް ރައީސް ގޮވާލައްވައިފިޚަބަރު | 3 ދުވަސް ކުރިންރަސްމާލެ ހިއްކުމުގެ ދެބައިކުޅައެއްބައި މަސައްކަތް ނިމިއްޖެޚަބަރު | 3 ދުވަސް ކުރިން