logo
ޚަބަރު

ސަރުކާރު ކުންފުނިތަކުގެ ބައެއް ޑިރެކްޓަރުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ޕީސީބީން އަންގައިފި

ފޮޓޯ: ދައުރު
ފޮޓޯ: ދައުރު

ސަރުކާރު އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ބޯޑުގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންނަށް ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ކުންފުނީގެ ފަރާތުން ނުދިނުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓަޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.

ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ގޮތާއި ގުޅިގެން ނެރުނު ސާކިއުލާއެއްގައި ޕީސީބީން ބުނެފައިވަނީ، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ވެސް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދޭންވާނީ 3000 ރުފިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީސީބީން އިތުރަށް ބުނެފައިވަނީ، މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭނީ، ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒިފާ އޮންނަ އޮފީހަކުން ނުވަތަ ކުންފުންނެވެ. އަދި އިތުރު ވަޒިފާ އަދާކުރާ އޮފީހުން ނުވަތަ ކުންފުނިން އިނާޔަތުގެ ފައިސާ ނުދިނުމަށް ވަނީ އަންގާފައެވެ.

މިއާއެކު ރަމަޟާން މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭގޮތަށް، ޕޭ ލީވް(ސްކޮލާޝިޕް މުވައްޒަފުން) އަދި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ހަމަޖައްސައި ނުދިނުމަށް ޕީސީބީން ވަނީ އަންގާފައެވެ. މިފަދަ ލީވްއެއްގައި ހުންނެވި މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުންނަވައިފިނަމަ، އެ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭވަރަށް ބައްލަވައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށް ވެސް ޕީސީބިން ވަނީ އަންގާފައެވެ.

ވީމާ ސަރުކާރު އަދި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކާއި، އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުން އެގޮތަށް އަމަލުކުރެއްވުމަށާއި، ރަމަޟާން މަހާއި ގުޅުވައި އިތުރު ހަދިޔާތަށް މުވައްޒަފުންނަށް ނުދިނުމަށް ޕީސީބީން ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން ޚަބަރު | 3 މަސް ކުރިންޕީސީބީގެ ރައީސްކަމަށް އަނަސް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފިޚަބަރު | 5 މަސް ކުރިންޕީސީބީގެ ރައީސްކަމުން ހަމްދީ ވަކިކުރައްވައިފިޚަބަރު | 7 މަސް ކުރިންސަރުކާރުގެ ކުންފުނިތަކުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް އެކަނި ކުރުމަށް ޕީސީބިން އަންގައިފިޚަބަރު | 7 މަސް ކުރިން