logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީސީބީގެ ރައީސްކަމަށް އަނަސް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

ޕީސީބީގެ ރައީސްގެ މަގާމަށް އަލަށް އައްޔަނުކުރެވުނު، މުހައްމަދު އަނަސް؛ މަޖިލީހުން ވަނީ އޭނާއަށް ރުހުން ދީފަ -- ފޮޓޯ: ސަން
ޕީސީބީގެ ރައީސްގެ މަގާމަށް އަލަށް އައްޔަނުކުރެވުނު، މުހައްމަދު އަނަސް؛ މަޖިލީހުން ވަނީ އޭނާއަށް ރުހުން ދީފަ -- ފޮޓޯ: ސަން

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމަށް މުހައްމަދު އަނަސް އައްޔަނުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޕީސީބީގެ ރައީސްގެ މަގާމަށް އަނަސް އައްޔަނުކުރައްވައިފައި ވަނީ، މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. މި މަގާމަށް ބޭފުޅުން އައްޔަނުކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަނަސް އެ މަގާމަށް އައްޔަނުކުރުމަށް މިއަދުގެ މަޖިލީހުގައި ނެގި ވޯޓުގައި، 82 މެންބަރުން ވަނީ އަނަސްއަށް ރުހުންދޭން ފެންނަކަމަށް ވޯޓު ދެއްވާފައެވެ. އޭނާއަށް ރުހުން ދިނުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

އެ މަގާމަށް އަނަސް އައްޔަނުކޮށްފައި ވަނީ، ކުރިން އެ މަގާމުގައި ހުންނެވި ހަމްދީ އަގީލް ވަކިކުރެއްވުމުންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ މުހައްމަދު އަނަސް އަކީ، ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީގެ ނައިބުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސާކަމުގެ މަގާމު ވެސް އޭނާ ވަނީ އަދާކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް ޑރ. ޢަލީ އަޒްވަރު އަންޔަންކޮށްފިޚަބަރު | 11 ދުވަސް ކުރިންދައުލަތުގެ ކުންފުނިތަކުން ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ޕީސީބީ އިން އަންގައިފި ޚަބަރު | މަހެއް ކުރިންއެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ ރިޝްވާން އިސްތިއުފާ ދެއްވައިފިޚަބަރު | މަހެއް ކުރިންސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮޑިޓް އަދި ރިސްކް މެނޭޖްމަންޓު ހަރުދަނާކުރަން އަންގައިފިޚަބަރު | 5 މަސް ކުރިން