logo
MPL

MPL

ޚަބަރު

އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން

އާމިނަތު ޝަފާ
29 މޭ 2025 - 11:18
އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން ޖަނާހު އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނޫރައިން އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުން ފުރަތަމަ ނޫރައިން އައްޔަނުކުރެއްވީ އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށެވެ. އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން އައްޔަންކުރީ ޑިސެމްބަރު 27، 2023 ގައެވެ.

ނަމަވެސް އެމްއެމްޕީއާރްސީގެ ބޯޑު މެމްބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެން މިދިޔަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު ނޫރައިން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ނޫރައިން އަކީ ޕްރިންސިޕަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ޖަނާހްގެ ދަރިކަނބަލުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވަގުތީ ގޮތުން ވީއައިއޭގެ ޓާމިނަލް 2 އަށް ބަދަލުކުރަނީވިޔަފާރި | 20 ދުވަސް ކުރިންއިިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްގެ މަސައްކަތްތައް ދައްކާލައިފިވިޔަފާރި | 2 މަސް ކުރިންއޭވިއޭޝަން އިންސްޓިޓިއުޓްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރެވޭނެ: އެމްއޭސީއެލްގެ ސީއީއޯ  ޚަބަރު | 3 މަސް ކުރިންއެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހު ކޮށްފިޚަބަރު | 3 މަސް ކުރިން