logo
ޚަބަރު

ސަރުކާރުގެ ކުންފުނިތަކުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް އެކަނި ކުރުމަށް ޕީސީބިން އަންގައިފި

ސަރުކާރުގެ ކުންފުނިތަކުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް އެކަނި ކުރުމަށް ޕީސީބިން އަންގައިފި

ރާއްޖެއިން ބޭރަށާއ،ި އަތޮޅު ތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މިވަގުތަށް ހުއްޓާލުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓަޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ އަދި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ޚަރަދުތައް ހަމަމަގަށް އެޅުވުމަށް ގިނަގުނަ ފިޔަވަޅުތަކެއް ދަނީ އަޅުއްވަމުންނެވެ. އެގޮތުން، މިއަދުން ފެށިގެން ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ޚަރަދ ކުޑަކުރުމަށްޓަކައި، ގިނަ ފިޔަވަޅުތަކެއް އެޅުމަށް ޕީސީޞިން ވަނީ އަންގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން، ޕީސީބީން އާންމު ކުރި ސާކިއުލާގައި މި ޚަރަދުތަށް ވަނީ ތަފްސިލުކޮށްފައެވެ. މިގޮތުން ދަތުރުތަކުގެ ޚަރަދު ކުޑަކުރުމަށްޓަކައި،

  1. ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަޤްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުން
  2. ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގައި ފަސްޓް ކްލާސް އަދި ބިޒްނަސް ކްލާހުން ދަތުރުނުކުރުން
  3. ދަތުރުގެ ހުރިހާ ޚަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރު ތަކުގައި ކުންފުނިން ކުރާ ޚަރަދު ވީހާވެސް ކުޑަކުރުން
  4. ފެރީގެ ޚިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުމާއި، އިތުރު ފިޔަވަޅުތައް ވަނި ފާހަގަކޮށްފައެވެ.

މުވައްޒަފުންގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި،

  1. ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަޤާމެއްކަމުގައި ވީނަމަވެސް، ކުންފުނީގެ އޮޕަރޭޝަންސް ހިންގުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތރު މުވައްޒަފުން އެ މަޤާމު ތަކަށްނުނެގުން
  1. ރަސްމީގަޑީގައި މަސައްކަތްތައް ނިންމޭނެގޮތަކަށް ކުންފުނީގެ މަސައްކަތްތައް ރޭވުމާއ،ި ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރު ގަޑީގައި މަސައްކަތް ނުކުރުން
  2. ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައާއި އިނާޔަތް ނުދިނުމާއި، އިތުރު ފިޔަވަޅުތައް ވަނި ފާހަގަކޮށްފައެވެ.

އެހެނިނހެން ޚަރަދުތައް ކުޑަކުރުމަށްޓަކައި،

  1. ކަރުދާހާއި ސްޓޭޝަނަރީސްއަށް ކުރާ ޚަރަދު ކުޑަކޮށ،ް މުޢާމަލާތްތައް ޑިޖިޓަލްކޮށް ކުރުން
  2. އިވެންޓްތަކުގެ ރިފްރެޝްމަންޓް ތަކަށް ކުރާ ޚަރަދު ވީހާވެސް ކުޑަކުރުން
  3. ކުންފުނީގެ އެނުއަލް ޕްރޮކިއާމަންޓް ޕްލޭނާއި ބަޖެޓާއި އެއްގޮތަށް ޕްރޮކިއާމަންޓްތައް ހިންގުން
  4. ފާސްކޮށްފައިވާ އަހަރީ ބަޖެޓްގައި ހިމަނާގައިވާ ކަންކަމުގެ ތެރެއިން ވެސް ކޮންމެހެން ކުރަންޖެހޭ ކަންކަން ފިޔަވައި އިތުރު ޚަރަދުތައް މިވަގުތަށް ނުކުރުމާއި އިސްރާފު ކުޑަކުރެރެވޭނެހެން މަސައްކަތްތައް ރޭވުމާއި، މިނޫންވެސް އިތުރު ފިޔަވަޅުތައް ވަނި ފާހަގަކޮށްފައެވެ.

އެހެންކަމުން ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުން އެގޮތަށް ޚަރަދު ކުޑަކުރެއްވުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުމަށް ޕީސީބިން އިލްތިމާސްކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން ޚަބަރު | 3 މަސް ކުރިންޕީސީބީގެ ރައީސްކަމަށް އަނަސް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފިޚަބަރު | 5 މަސް ކުރިންޕީސީބީގެ ރައީސްކަމުން ހަމްދީ ވަކިކުރައްވައިފިޚަބަރު | 7 މަސް ކުރިންސަރުކާރުގެ ކުންފުނިތަކުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް އެކަނި ކުރުމަށް ޕީސީބިން އަންގައިފިޚަބަރު | 7 މަސް ކުރިން