logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީސީބީގެ ރައީސްކަމުން ހަމްދީ ވަކިކުރައްވައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
13 ފެބްރުއަރީ 2025 - 05:23
ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދީ އަގީލް -- ފޮޓޯ: ޕީސީބީ
ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދީ އަގީލް -- ފޮޓޯ: ޕީސީބީ

ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމުން ހަމްދީ އަގީލް ވަކިކުރައްވައިފިއެވެ.

ޕީސީބީގެ ރައީސްގެ މަގާމުން ހަމްދީ ވަކިކުރެއްވި ސަބަބެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވި ނަމަވެސް، އެ މަގާމުން ހަމްދީ ވަކިކުރެއްވިކަން ވަނީ ކަށަވަރުކުރެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުސްވި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެ މަގާމަށް އައްޔަނުކުރެއްވުނު ހަމްދީ އަކީ އެ މަގާމަށް ވަޑައިގަތުމުގެ ކުރިން އިތުުރު ގިނަ ސަރުކާރު ކުންފުނިތަކެއްގައި އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އެގޮތުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިޔުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އަދި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަން ހަމްދީ ވަނީ މީގެ ކުރިން ފުރުއްވާފައެވެ.

ހަމްދީ އެ މަގާމުން ވަކިކުރައްވައިފައިވާއިރު، ޕީސީބީގެ ރައީސްގެ މަގާމަކީ، އެ މަގާމަށް ބޭފުޅުން އައްޔަނުކުރައްވައި ވަކިކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި އޮންނަ މަގާމެކެވެ. އެގޮތުން ހަމްދީ ވަކިކުރެއްވިއިރު، ސަަރުކާރުގެ ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމާ ގުޅޭ މުހިންމު ނިންމުންތަކެއް އިއްޔެ ޕީސީބީން ވަނީ ޢާންމުކޮށްފައެވެ.

އެހެން ނަމަވެސް އެ ނިންމުންތައް މިހާރު ޕީސީބީގެ ސޯޝަލް މީޑިޔާގެ މަންސަތަކުން ވަނީ ޑިލީޓުކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮޑިޓް އަދި ރިސްކް މެނޭޖްމަންޓު ހަރުދަނާކުރަން އަންގައިފިޚަބަރު | 2 މަސް ކުރިންސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތިކޮށް ބޯޑް ޗެއަރ އަދި މެންބަރުންގެ އިނާޔަތްތައް ކަނޑައަޅާ އުސޫލު އިސްލާހުކޮށްފިޚަބަރު | 2 މަސް ކުރިންއެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން ޚަބަރު | 8 މަސް ކުރިންޕީސީބީގެ ރައީސްކަމަށް އަނަސް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފިޚަބަރު | 10 މަސް ކުރިން