logo
ޚަބަރު

ޕީއެންސީގެ ދަފްތަރާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ޕީއެންސީގެ ދަފްތަރާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފްތަރުގައި މެމްބަރެއްގެ ގޮތުގައި ހިމެނިފައި އޮތުން، ނުވަތަ ނުހިމެނި އޮތުމާ މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، އެފަދަ ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު ޕީއެންސީން ހުޅުވާލައިފިއެވެ.

ޕީއެންސީން އާއްމުކުރި ނޫސްބަޔާނުގައި ބުނެފައިވަނީ، އިލްކެޝަން ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެޕާޓީގެ ދަފްތަރުގައި މައްސަލައެއް ވާނަމަ، އެ ޝަކުވާ ޕީއެންސީގެ މައި އިދާރާ ނުވަތަ ރަށްރަށުގެ ޕީއެންސީގެ ސްޓިއަރިންގް ކޮމެޓީތަށް މެދުވެރިކޮށް އޭޕްރީލް 13 ވާ އާދީއްދަ ދުވަހުގެ ކުރިން ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ. އަދި އެފަދަ ޝަކުވާތަކާއިމެދު ބަލަންޖެހޭ އެންމެހާ ކަންކަން އެޕާޓީން ބަލައި، އަޅަންޖެހޭ ފިޔަވަޅެއް އޮތްނަމަ އަޅަމުންދާނެކަމަށް ވެސް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބަޔާނުގައި ޕީއެންސީން އިތުރަށް ފާހަގަކޮށްފައި ވަނީ، އެޕާތީގެ ދަފަތަރުގެ ސައްހަކަން ކަށަވަރު ކުރުމާއެކު، ދަފްތަރު ބެލެހެއްޓުން އެޕާޓިގެ އޮނިގަނޑުގެ ތެރެއިންވެސް އިތުރަށް ހަރުދަނާ ކުރުމަށް އެޕާޓީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާޓީގެ ލީޑާޝިޕަށް އަންގަވާފައިވާކަމަށެވެ.

 ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެހެން ޕާޓީތަކުގެ މެމްބަރުންނަށް ވަގަށް އެ ޕާޓީގެ ދަފްތަރުގައި ހިމަނަމުންދާކަމުގެ ގިނަ ޝަކުވާތަކެއް މިފަހުން ވަނީ ފެންމަތިވެފައެވެ.

އެގޮތުން ޕީއެންސީއަށް އެ ތުހުމަތުތައް އަމާޒުކޮށް އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ދަފުތަރުގައި ހިމަނާފައިވާކަމަށެވެ.

މިކަމާއި ގުޅިގެން ޕީއެންސީ އިން ބުނެފައިވަނީ، ވަގު ފޯމުތަކެއް އީސީއަށް ހުށަހެޅިކަން މިހާރު އެ ޕާޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން އެމްޑީޕީން ވަނީ ޒާތީ މައުލޫމާތުން ވައްކަންކޮށް، ވަގު ފޯމު ފުރައިގެން ސަރުކާރު ހިންގާ ޕީއެންސީއަށް މެމްބަރުން ވެއްދިކަމަށްބުނެ ޖިނާއީ ތަހުގީގު ކުރުމަށް ފުލުހުންނާއި އޭސީސީއަށް ހުށަހަޅާފައެވެ. އަދި މި މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޕީޖީގައި ވެސް ވަނީ އެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ލީޑަރޝިޕްގެ ޓީމެއް ނޮޅިވަރަމް ދާއިރާ އަށްޚަބަރު | 4 މަސް ކުރިންޕާޓީގެ ބޭނުމަށް މަޢުލޫމާތު ހޯދަން މެސެޖުކުރާ ވާހަކަ ޕީއެންސީން ދޮގުކޮށްފިޚަބަރު | 6 މަސް ކުރިންޕީއެންސީގެ ދަފްތަރާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 7 މަސް ކުރިންމެންބަރު ޒިޔާދަށް ނޭނގި ފުރި ފޯމް ބާތިލްކޮށްފިން، ފިޔަވަޅު އަޅާނަން: އީސީޚަބަރު | 8 މަސް ކުރިން