ކޮމިއުނިކޭޝަން އޮތޯރިޓީގެ ހިންގުން ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި
.jpg&w=96&q=75)
10 ސެޕްޓެމްބަރު 2024 - 14:12

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ހިންގުންދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާޜާގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ދަށުން ހިންގަމުން އައި ކޭމް، ސާލަމާތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރުމަށް ނިންމިކަން އިއުލާންކުރީ ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައެވެ.

Ad by Hajj Corporation
އެގޮތުން އެ ބަޔާނުގައި ބުނީ، ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ)ގެ ދަށުން ރައީސް އަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ކޭމް ސާލަމާތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރުމަށް ރައީސް ނިންމަވައިފައިވާ ކަމަށެވެ.
2015 ވަނަ އަހަރު ވުޖޫދުކުރި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގެ ދަށުން އުފެއްދި ކޭމް އަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ސިނާޢަތަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އުފެއްދި އިދާރާއެކެވެ. އެ އިދާރާގެ ބައެއް މަސައްކަތްތަކުގެ ތެރޭގައި، އެ އިދާރާގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޓެލެކޮމިއުނިކޭޝަނާއި ރޭޑިއޯކޮމިއުނިކޭޝަންގެ ކަންކަން ރެގިއުލޭޓުކުރުން އަދި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ދާއިރާ ތަރައްޤީކުރުމަށް ހިތްވަރުދީ، ޓެލެކޮމިއުނިކޭޝަންގެ ސިނާޢަތު ކުރިއެރުވުން ހިމެނެއެވެ.