logoEN
ކުޅިވަރު

ޗެންޕިއަންސް ލީގު: ފަހުވަގުތު ޑޭވިސްގެ ލަނޑުން ބަޔާން ގަދަ 16 އަށް

ރޭގެ މެޗުގެ ގޯލުޖެހި ކުޅުންތެރިޔާ އަލްފޮންސޯ ޑޭވިސް. ފޮޓޯ: ބަޔާން މިޔުނިކް

ރޭގެ މެޗުގެ ގޯލުޖެހި ކުޅުންތެރިޔާ އަލްފޮންސޯ ޑޭވިސް. ފޮޓޯ: ބަޔާން މިޔުނިކް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

19 ފެބްރުއަރީ 2025 - 08:59

އަލްފޮންސޯ ޑޭވިސް ފަހުވަގުތު ޖެހި ގޯލާއެކު ޗެންޕިއަންސް ލީގުގެ ގަދަ 16 ގެ ޖާގައެއް ބާޔާން މިޔުނިކް އިން ހޯދައިފިއެވެ.

ބަޔާންގެ އެލިއަންޒް އެރީނާގައި ކުޅެވުނު މިމެޗު ސެލްޓިކް އާއި ވާދަކޮށް މެޗުނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މީގެކުރިން މިދެޓީމު ކުޅުނު ފުރަތަމަ ލެގުގައި އަޔަރލޭންޑުގައި ބަޔާން ބަނީ ސެލްޓިކް އަތުން 2-1 އިން މޮޅުވެފައެވެ.އެހެންކަމުން އެގްރިގޭޓުން ބަޔާން ވަނީ ސެލްޓިކްގެ މައްޗަސް ކުރިހޯދާފައެވެ. އެހެންކަމުން ބަޔާން އަށް ގަދަ 16 އިން ޖާގަލިބޭނީ 3-2 ގެ އެގްރިގޭޓުންނެވެ.

މެޗުގެ ފުރަތަމަ ގޯލު ސެލްޓިކް އަށް ކާމިޔާބުކޮށްދިނީ މެޗުގެ 63 ވަނަ މިނެޓުގައި ނިކޮލަސް ކޫންއެވެ. ނަމަވެސް އެގްރިގޭޓުން މެޗު އެއްވަރުވެފައިވަނިކޮށް މެޗުގެ 90 މިނެޓުހަމަވެ، އިތުރުވަގުތުގެ 4 ވަނަ މިނެޓުގައި ބަޔާންގެ ޑިފެންޑަރ ޑޭވިސް ވަނީ ގޯލެއްޖަހައި، އެޓީމު ގަދަ 16 އަށް ގެންގޮސްދީފައެވެ.

ރޭގެ މޮޅާއެކު ގަދަ 16 އަށް ދަތުރުކޮށްފައިވާ ބަޔާން ވާދަކުރަން ޖެހޭނީ ބަޔާން ލެވަރކޫސަން ނުވަތަ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ.

ނޮކްއައުޓްގައި ރޭގައި އިޓަލީގެ ކުލަބުތައްކަމުގައިވާ އޭސީ މިލާނާއި އެޓަލާންޓާ ވަނީ މުބާރާތުން އަލްވަދާޢު ކިޔާފައެވެ. އެގޮތުން އޭސީ މިލާން ނޮކްއައުޓްގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ފޭނޫޑް އާއި ދެކޮޅަށްކުޅެ 1-1 އިން އެއްވަރުވެ، 2-1 ގެ އެގްރިގޭޓުން މުބާރާތާއި އަލްވަދާޢުކިޔާފައިވާއިރު، އަމިއްލަ ދަނޑުގައި އެޓަލާންޓާ ވަނީ ކުލަބް ބްރަގް އަތުން 3-1 އިން ބަލިވެ 5-2 ގެ އެގްރިގޭޓުން މުބާރާތުން ވަކިވެފައެވެ. ބެންފީކާ ވަނީ ރޭގައި މޮނާކޯ އާއި 3-3 އިން އެއްވަރުވެ، 4-3 ގެ އެގްރިގޭޓުން މޮޅުވެ މުބާރާތުގެ ގަދަ 16 އިން ޖާގަހޯދާފައެވެ.

ކޮމެންޓް

871x217_placeholder