logoEN
ޚަބަރު

މާލެ ސަރަހައްދަށް މަސްދަޅު ކޭސް ބެހުން މާދަމާ

އާމިނަތު ސަފާއާމިނަތު ސަފާ

19 ފެބްރުއަރީ 2025 - 12:00

އަހަރުގެ ރަމަޟާން މަހަށް ގޭބިސީތަކަށް ސަރުކާރުން ދޭ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މާދަމާ މާލެ ސަރަހައްދުގައި ފަށާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގެ ގޭބީސީތަކަށް މަސްދަޅު ބެހުން ކުރިއަށްދާނީ މާދަމައިން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަަލަށް ކަމަށެވެ. މިގޮތުން ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:30 ން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:30 ން 11:00 އަށް މަސްދަޅު ކޭސް ދޫކުރެވޭނެކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަނަކީ މާލޭ ސިޓީ ކައުންސިލް، މާފަންނު މިފްކޯ، ހުޅުމާލެ ފޭސް 1 އުމަރުޒާހިރު ބިލްޑިން، ހުޅުމާލެ ފޭސް 2 (ހިޔާ ޓަވަރު 10 ގްރައުންޑް ފްލޯ އަދި ވިލިމާލެ (ސިޓީ ކައުންސިލް އޮފީސް)އިންނެވެ.

މި އަހަރު ވެސް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ. އަދި ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައެވެ.

ގޭބިސީތަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮމަހުގެ 48 ދަޅެވެ.

ކޮމެންޓް

871x217_placeholder